ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރަކަށް އާޒިމް

ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރަކަށް އާޒިމް

Author
އައިޝަތު އަޙްމަދު
14 ސެޕްޓެމްބަރ 2023 01:13
0

ރައީސް މުޙައްމަދު ނަޝީދު އިސްވެ އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ޢައްޔަންކޮށްފިއެވެ.

ދަ ޑިމޮކްރެޓސްގެ ޕާލިމަންޓްރީ ގްރޫޕްގެ ވޯޓުލުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 10:00އިން 11:00އަށްވެވެ. ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރުކަމުގެ މަޤާމަށް ހުޅުވާލީ އިއްޔެ ހަވީރު 16:00އާއި ހަމައަށެވެ.

ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރުކަމަށް އާޒިމް ހޮވާފައިވަނީ އެޕާޓިގެ މަޖިލިސް މެންބަރުންގެ ވޯޓުންނެވެ. މީގެ އިތުރުން ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމާއި އަމީން ޢާންމާއި ވިޕުން ހޮވުމަށްވެސް ހަމަޖެހިފައިވެއެވެ.

ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައި މަޖިލީހުގައި މިހާރު ތިއްބެވީ 3 މެންބަރުންކަމަށް މަޖިލީހުގެ ވެބްސައިޓުން ދައްކައެވެ. ނަމަވެސް އެ ޢަދަދު އެއަށްވުރެ އިތުރުވާނެއެވެ. އެޕާޓިގެ ގިނަ މެންބަރުން ތިބީ މިނިވަން މެންބަރުންގެ ގޮތުގައިކަމަށް މަޖިލިސް ވެބްސައިޓުން ދައްކައެވެ.

ދަ ޑިމޮކްރެޓްސްއަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބުނު ނާކާމިޔާބީއަށް ފަހު އެ ޕާޓީގެ ރައީސް ކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަނުން ހެދި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ފެށިގެން އައީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ހަދައިގެން އެމްޑީޕީގެ އެތެރެއިން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުން ދިޔުމުން ބައެއް މީހުން ސަރުކާރު މަގާމުތަކުން ދުރުކޮށް އަދި ޕާޓީން ވަކިކުރަން ފެށުމުންނެވެ.

ރައީސް ނަޝީދު އާއެކު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުން ވަނީ އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްއަށް ސޮއިކޮށްފައެވެ.

ދަ ޑިމޮކްރެޓްސް ފަރާތުން ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކޮށްފައެވެ. އެގޮތުން އެޕާޓީން ވަނީ އިންތިކާބުގެ ތިންވަނަ ހޯދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.