ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް މިރިނުވެ، ގޮބޮޅި ކާށި ނުވުމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އިންތިޚާބު ރައީސް ޞާލިހަށް ކާމިޔާބު ނުވުމުން ދެވަނަ ބުރުގައި ރައީސް ނަޝީދުގެ އެހީތެރިކަމަށް އެދި ޔާސިރު ކުރެއްވި ޓުވީޓާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައެވެ. ޔާސިރަކީ ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވެ މިސަރުކާރަށާއި، ރައީސް ޞާލިހަށް އިންތިހާއަށް ފާޑު ވިދާޅުވުމަށްފަހު އިންތިޚާބަށް މަދު ދުވަސްކޮޅެއް ވެފަ އޮއްވާ އެމްޑީޕީއާއި އަލުން ގުޅުނު މެމްބަރެކެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ތާއީދަށް އެދި ޔާސިރު ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަކީ ރަށްފުށު ޗޮއިސް އެއް ކަމަށާއި، ރާއްޖެ ތަރައްޤީ ކުރެވޭނީ އެމްޑީޕީ ފިކުރަށް ކަމަށެވެ. މިކަން ކުރުމަށްޓަކައި ރައީސް ނަޝީދާއި، ރައީސް ޞާލިހު އެކީގައި މަސައްކަތް ކުރެވިއްޖެނަމަ އެކަން ވާނެކަމަށް ޔާސިރު ވިދާޅުވިއެވެ.
ދިވެހީންގެ ދިރިއުޅުން އުޖާލާކުރުވި އެމްޑީޕީއަށް ދެވަނަ ދައުރެއް އެއްބުރުން ކާމިޔާބުނުވެ މިދިޔައީ ދެވެރީން މާބޮޑާށް ހިޔާލް ދެކަފިވުމުން. ދެންވެސް އެދެނީ ދެވެރީން އެކުގައި މަސައްކަތް ކޮށްދެއްވާ މިރާއްޖެ ސަލާމަތް ކޮށްދެއްވުން. ޕީޕީއެމް/ޕީއެންސީއަކީ ރަށްފުށަށް ޗޮއިސް އެއް ނޫން.
– ޔާސިރު ވިދާޅުވިއެވެ.
ޔާސިރުގެ ވާހަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޔާސިރު މިރިނުވެ، ގޮބޮޅި ކާށި ނުވުމަށެވެ. މިއީ ދިވެހި ހަރުބަހުގައި އަމިއްލައަށް ބޮޑުވެގެން އުޅޭ މީހުންނަށް ބޭނުން ކުރާ ބަހެކެވެ.
ޔާސިރު، މިރިނުވެ ގޮބޮޅު ކާށިނުވޭ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ޔާސިރު އެމްޑީޕީއާއި ގުޅުނު ނަމަވެސް ކުޅުދުއްފުށިން މިސަރުކާރަށް މާގިނަ ވޯޓެއް ނުނެގުނެވެ. ކުޅުއްދުށީގެ މެޖޯރިޓީވެސް ނެގީ އިދކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒުއެވެ.
ކޮމެންޓު ފޮނުވާ