ޕާޓީން ނިންމާ އުސޫލުތަކާއި ހަމަތަކާއިއެކު، އެންމެނާއިވެސް މަޝްވަރާ ކުރެވޭނެ: އިލްޔާސް

ޕާޓީން ނިންމާ އުސޫލުތަކާއި ހަމަތަކާއިއެކު، އެންމެނާއިވެސް މަޝްވަރާ ކުރެވޭނެ: އިލްޔާސް

މަޝްވަރާއަށް ދާނީ ޕާޓީން ނިންމާ އުސޫލުތަކާއި ހަމަތަކާއިއެކުގައި ކަމަށާއި، އެންމެނާއިވެސް މަޝްވަރާ ކުރެވޭނެ މަގު ހުޅުވިފައިވާކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އިއްޔެ ނިމުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބުނު ބޮޑ ކާމިޔާބީއާއިއެކު ޑިމޮކްރެޓްސްއަކީ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާއި، ޕީޕީއެމް ކޯލިޝަން ހެދުމަށް އެންމެ މުހިންމު އެއްބައިވެރިޔާއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި އިލްޔާސަށް ލިބިވަޑައިގެންނެވީ ވޯޓުލި މީހުންގެ %7.18 އެވެ. އެއީ 15839 ވޯޓެވެ. އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވި އުމާރު ނަޞީރަށް ލިބިވަޑައިގެންނެވީ 6343 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %2.87 އެވެ.

އިލްޔާސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ 79 އިންސައްތަ މީހުންކަމަށެވެ. ވޯޓުލީ މީހުންގެ އަދަދު މަދުވުމަކީ ރާއްޖޭގެ ސިޔާސީ ވެރިންނަށާއި، ސިޔާސީ ކަންކަމަށް އޮތް އިތުބާރު ކުޑަކަން ފާހަގަވާ ކަމެއްކަމަށް އިލްޔާސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ހުރިހާ ބޭފުޅުން ވަރަށް ރަނގަޅަށް ވިސްނަންޖެހޭ ކަމެއްކަމާށެވެ.

އިލްޔާސް ވިދާޅުވީ ދެވަނަ ބުރެއްގައި ކުރިއަށްދާނެ ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލާއި، ޢާންމު ރައްޔިތުންގެ ވިސްނުންހުރި ގޮތަކަށް ކަމަށެވެ. ކައުންސިލުން ނިންމާ ނިންމުންތަކާއިއެކު މަޝްވަރާއަށް ދިއުމަށް ތައްޔާރަށް ތިބިކަމަށާއި، ކޮންމެ ބަޔަކާއިވެސް މަޝްވަރާ ކުރެވޭނެކަމަށް އިލްޔާސް ވިދާޅުވިއެވެ.

އަޅުގަނޑުމެން ވަކި ބަޔަކާއި ވާހަކަ ދައްކަންވެސް ނުދައްކަންވެސް ނިންމާފައި ނެތް. އަޅުގަނޑުމެންނަކީ ސިޔާސީ ޕާޓީއެއް މަޝްވަރާ އޮންނާނެ، މަޝްވަރާގެ ދޮރު ބަންދެއް ނުވާނެ.

– އިލްޔާސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މިމަހުގެ 30 ވަނަ ދުވަހު ބާއްވާއިރު، އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދު ކުރައްވާ ފަރާތްތަކުން ގެންދަނީ ކެނޑިނޭޅި ރައީސް ނަޝީދު އެމްޑީޕީގެ ފަހަތަށް އެރުމަށް އާދޭސް ކުރަމުންނެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ ރައީސް ޞާލިހަށް ދެވަަނަ ބުރެއްގައިވެސް ތާއީދު ނުކުރާނެކަމަށް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *