ދެވަނަ ދައުރެއް ޔަޤީންކުރައްވާނެ ފުރަތަމަ ރައީސްއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާލުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ރައީސް ޞާލިޙްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީޕީގައި އުފެދުނު ޚިޔާލުތަފާތުވުންތަކާއި ގުޅިގެން ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެން ހުންނެވުމަށްފަހު އަލުން އެމްޑީޕީއާއި ގުޅިވަޑައިގެން ރައީސް ޞާލިޙަށް ތާޢިުދކުރައްވާ ވާހަކަފުޅު ދައްކަވަމުން ޔާސިރު ވިދާޅުވީ ދިވެހިން ގިނަ ވެރިކަންތައް ދެކެފައިވާކަމަށާއި، އޭރު ބޮޑު ތިލަދުންމައްޗަށް ވެފައިވާ ގޮތްތަކާއި ވެފައިވާ ގޮތްވެސް ދެކެފައިވާކަމަށެވެ. މިއަދު އެއްބަސްވެގެން މިތިބީ ރައީސްކަމަށް އައްޔަންކުރަންޖެހޭ ފަރާތަކީ ރއީސް ޞާލިޙްކަމަށްވާތީކަމަށް ޔާސިރު ވިދާޅުވިއެވެ.
ބޮޑު ތިލަދުންމަތީގައި 71 ހާހަށްވުރެ ގިނަ މީހުން ތިބިއިރު، ވަރަށް ފަހަކާ ޖެހެންދެންވެސް ނަރުދަމާ އޮތީ ކުޅުދުއްފުށީގައި އެކަނިކަމަށް ޔާސިރު ވިދާޅުވިއެވެ. ނަމަވެސް މިއަދު ދެވަނަ ދައުރަށް ރައީސް ނިކުންނެވީ ހުރިހާ ރަށެއް ތަޣައްޔަރު ފެނުން ސަލާމަތްކޮށް ނަރުދަމާ ޤާއިމްކޮށްފައިކަމަށް ޔާސިރު ވިދާޅުވިއެވެ.
މީގެ ކުރިން ދަތުރުފަތުރަށް ބޮޑު ގޮންޖެހުމެއް އެ ސަރަހައްދަށް އޮތްކަންވެސް ފާހަގަކުރައްވާ ޔާސިރު ވިދާޅުވީ ދެވަނަ ދައުރަށް ކުރިމަތިލެއްވީ މި އޭޝިއާ ސަރަހޖައްދުގައި އޮތް އެންމެ ރަނގަޅު ދަތުރުފަތުގެ ނިޒާމާއެކުކަމަށެވެ. އެއީ މި އިންތިޚަބަށް ނިކުންނެވި ސަބަބުކަމަށް ޔާސިރު ވިދާޅުވިއެވެ
ބޯހިޔާވަހިކަމަށް އޮތް ދަތިތައް ފަހަގަކުރައްވާ ޔާސިރު ވިދާޅުވީ ޕީޕީއެމް ސަރުކާރުގައި އެންމެ ފްލެޓެއްވެސް އެރަށުގައި ޤާއިމްނުކުރެވުނުކަމަށާއި، ނަމަވެސް މިއަދުގެ އަދަދަކީ 1400 ހައުސިން ޔުނިޓްކަމަށް ޔާސިރު ވިދާޅުވިއެވެ.
މި ކުޅުދުއްފުށީގެ ތަޢުލީމަށް އެއްވެސް ސަރުާރަކުން ނުކުރާވަރަށް ހިންގާ ޕްރޮޖެކްޓުތައް ހިންގައި. މިއީ އަޅުގަނޑު ނިކުމެ ހުރި ސަބަބަކީ.
– ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް 1.5 މިލިއަން ފަސިންޖަރުންނަށް ފައްކާވަމުން އަންނަކަމަށާއި، މިއީ މި އެއްވުމަށް ކާމިޔާބު ހޯދަން ނިކުންނެވި ސަބަބުކަމަށެވެ. މީގެ އިތުރުން އެކި ވެރިންނާއި ދިމާވެއްޖެކަމަށާއި، ޚިޔާލު ތަފާތު މީހުންނާއެކު މަސައްކަތްކުރެވޭނެ އެއްވެސް ވެރިއެއް ރައީސް ޞާލިޙް ނޫނީ ނެތްކަމަށެވެ. އަދި ސިޔާސި ވެރިން ހައްޔަރު ނުކޮށް ރައީސް ޞާލިޙް ވެރިކަމެއް ނިންމައިފި، މިއީ ދެވަނަ ދައުރެއް ރައީސްއަށް ދޭން ނިކުންނެވި ސަބަބުކަމަށްވެސް ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ ދެންވެސް ކުޅުދުއްފުއްޓަށް ތަރައްޤީ ގެނެސްދެވޭނީ ރައީސް ޞާލިޙަށްކަމަށެވެ.
ކޮމެންޓު ފޮނުވާ