ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ހައިކޯޓުގެ ހުކުމަށް ޖާގަ ދޭންވެގެން ފުއްގިރި މައްސަލައިގެ ޝަރީއަތުގައި ބުރަކި ޖެއްސުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުން

ރައީސް ޔާމީންގެ ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރުމަށް އަމުރެއް ނެރެފި

ރައީސް ޔާމީންގެ ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރުމަށް އަމުރެއް ނެރެފި

ގުޅުންހުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކޮށްފައިވާ ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރެއް ހައި ކޯޓުން ނެރެފިއެވެ.

އެމަނިކުފާނު ވަނީ މަނީ ލޯންޑާ ކުރުމާއި، ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގައި 5 މިލިއަން ޑޮލަރުން ޖުރިމަނާކޮށްފައެވެ. ރައީސް ޔާމީންއަށް ރިޔާސީ އިންތިހާބުގައި ޥާދަކުރުމުގެ ހައްގު ގެއްލުނު ސަބަބުތަކުގެ ތެރޭގައި މި ދަރަނި ނުދައްކާ އޮތުން ހިމެނުނުއިރު، ރައީސް ޔާމީން ވިދާޅުވީ ދަރަނި ދައްކަންޖެހޭ ވަކި ތަރާީހެއް ދީފައިނުވާކަމަށެވެ.

އެމަނިކުފާނު ވަނީ ޖޫރިމަނާކުރުމަށް ނިންމާފައިވާ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ހައި ކޯޓުގައި އެދިފައެވެ. މިކަމާއި ގުޅިގެން ރައީސް ޔާމީން ގެ ފަރާތުން ކޯޓަށް ހުށައެޅި ސަބަބުތަކާއި، މައްސަލައާއި އެއްގޮތަށް މި އަމުރު ނެރެދިނުމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ.

އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާއިރު، ޝަރީއަތް ހިންގައި ގޮތެއް ކަނޑައަޅައިފިނަމަ، ހައިކޯޓުން ބަލަމުންދާ މި މައްސަލައިގައި އިންސާފު ގާއިމްކުރުމަށް ހުރަސް އެޅިދާނެކަމަށް ފެންނަކަމަށް ހައި ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެއެވެ. އެހެންކަމުން ގޮތެއް ކަނޑައަޅަންދެން ނުވަތަ، މި ނޫން ގޮތަކަށް އެ ކޯޓުން އަންގަންދެންޖޫރިމަނާ ދެއްކުން ފަސްކުރުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ އެމަނިކުފާނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުުރުން ފަސްކޮށްދިނުމުގެ އަމުރަކަށްވެސް އެދިފައެވެ. ނަމަވެސް މި އަމަރު ކޯޓުން ނެރެދީފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ