ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ނުކުރާކަމަށް ކަރެކްޝަންސްއިން ބުނެފި

ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ނުކުރާކަމަށް ކަރެކްޝަންސްއިން ބުނެފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޭ ބަންދަށް ބަދަލުކޮށްފައި ނުވާކަމަށަ ކަރެކްޝަންސްއިން ބުނެފިއެވެ.

ރިޝްވަތު ދިނުމާއި، މަނީ ލޯންޑާ ކުރެއްވިކަމުގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މިމައްސަލައާއި ގުޅިގެން 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ދައުލަތަށް ދައްކަންޖެހޭއިރު، އެމަނިކުފާނުގެ ފަާތްޕުޅުން ވަނީ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށާއި، އަދި ޖޫރިމަނާ ފައިސާ ދެއްކުން ލަސްކޮށްދިނުމުގެ އަމުރަކަށް ހައި ކޯޓުގައި އެދިފައެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އަދަބު ފަސް ކުރެވޭނެ ގާނޫނީ ހަމައެއް ނެތްކަމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނެފައިވާއިރު، ހައި ކޯޓުންވެސް މި އަމުރު ނެރެދީފައިނުވާކަން ފާހަގަކުރެވެއެވެ.

ނަމަވެސް ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރެއް ހައިކޯޓުން ވަނީ ނެރެފައެވެ. މި އަމުރު ނެރުމާއިއެކު، ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކުރިކަމުގެ ވާހަކަތައް ފެތުރުނެވެ. އެއާއިއެކު މިކަން ދޮގުކޮށް ކަރެކްޝަންސްއިން ބުނީ، މިއީ ސައްހަ ނޫން މައުލޫމާތެއްކަމަށެވެ.

ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ގެޔަށް ބަދަލުކުރިކަމަށް ބައެއް މީޑިއާތަކުން ބުނަމުންދާތީ، އެއީ ސައްހަ މަޢުލޫމާތެއް ނޫންކަމުގައި ދަންނަވާ ކަމަށެވެ.

ރައީސް ޔާމީންގެ ސިއްހީ ހާލަތު ހުރިގޮތުން އެމަނިކުފާނު ގޭ ބަންދަށް ބަދަލު ކޮށްދޭން ހައި ކޯޓުގައި އެމަނިކުފާ މިދިޔަ ހަފްތާގައި އެދިވަޑައިގެންނެވިއެވެ. ރައީސް ޔާމީން އެގޮތައް އެދިވަޑައިގެންނެވީ އެމަނިކުފާނުގެ މައްޗަށް އިއްވާފައި އޮތް ޖަލު ހުކުމް ފަސްކުރަން އެދި ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމުގައެވެ. ނަމަވެސް ހައިކޯޓުން މިއަދު ނިންމީ ރައީސް ޔާމީންގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެވެން ނެތް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *