ރައިސް ޔާމީން ވަރަށް އަސަރާއި އެކު އެމަނިކުފާނުގެ ބަލި ހާލަތު ކޯޓުގައި ހިއްސާކުރައްވައިފި

ރައިސް ޔާމީން ވަރަށް އަސަރާއި އެކު އެމަނިކުފާނުގެ ބަލި ހާލަތު ކޯޓުގައި ހިއްސާކުރައްވައިފި

ގުޅުންހުރި

ރިޝްވަތު ދިނުމާއި ގަބޫލުކުރުމުގެ ދައުވާގައި 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ޕީޕީއެމްގެ ރައީސް ކުރީގެ ރައިސް ޔާމީން އަބްދުލް ޤައްޔޫމް ވަރަށް އަސަރާއި އެކު އެމަނިކުފާނުގެ ބަލި ހާލަތު ކޯޓުގައި ހިއްސާކުރައްވައިފިއެވެ.

ރައީސް ޔާމީން އަބްދުލްގައްޔޫމާއި ވ.ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމާއި ގަބޫލުކުރުމުގެ ދައުވާގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ހައިކޯޓު އިސްތިއުނާފު އަޑުއެހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ. އެމަނިކުފާނުގެ އުނަގަނޑުގައި ރިއްސާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ކީރިތި ކުރައްވާފައެވެ.

"އަޅުގަނޑަކީވެސް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހެއް، ޒުވާން އުމުރަކު ނޫން މިހުންނަނީކީއެ. ހަމައެހެންމެ އަޅުގަނޑަށް ޑޮކްޓަރ ރިކަމެންޑްކޮށްފައި ހުރި ކަސްރަތްތައް ކުރުމުގެ ފުރުސަތެއް މާފުށީގައި މިހާރު ވަނީ ބަންދުވެފައި. އަޅުގަނޑަށް ރެކޮމެންޑްކޮށްފައި މިވަނީ އަޅުގަނޑުގެ އުނަގަނޑުގެ ތަދާއި ގުޅިގެން މޫދަށް ދިޔުން އެހެންނަމަވެސް މާފުށިން އެކަމެއްވެސް އަޅުގަނޑަށް ނުލިބުނު."، ރައީސް ޔާމީން ވަރަށް އަސަރާއެކު ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ އަދި އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓްވެގެން ފަރުވާ ނުހޯދަން އުޅެނީ އާއިލާއިން ތަހައްމަލްކުރާ ހިތާމަ ބޮޑުވެދާނެތީ ކަމަށާއި އެމަނިކުފާނަށް ލިބެމުންދަނީ ހައްޤު އަދަބެއް ނޫން ކަމަށެވެ.

"އަޅުގަނޑު ހޮސްޕިޓަލަށް ނާންނަނީ އަޅުގަނޑު ހޮސްޕިޓަލަށް އަންނަން ނުޖެހޭތީކީ ނޫން އަޅުގަނޑު ހޮސްޕިޓަލަށް އައިސް އެޑްމިޓް ނުވާން މިހުންނަނީ. އަޅުގަނޑުގެ އާއިލާ ތަހައްމަލްކުރާ ހިތްދަތިކަން އަޅުގަނޑަށް އިހުސާސްކުރެވޭތީ، އެތަނަށް އައިސް އޮންނަން ވެއްޖިއްޔާ އާއިލާއިން އިތުރަށް ކަންބޮޑުވާތީ އެހެންނޫންނަމަ އަޅުގަނޑު މިހާރު ފުރުސަތަށް އެދި ހުންނާނީ ހޮސްޕިޓަލުގައި. އަޅުގަނޑަށް ކަށަވަރު މީ އަޅުގަނޑު ކޮށްފައި އޮތް ކަމަކަށް ނޫން އަދަބު މިދެނީކީއެއް." ޔާމީން ވިދާޅުވިއެވެ.

ކަފާލާތުގެ ދަށުން މީހުން ދޫކޮށްލުމަކީ ރާއްޖޭގައި މީގެ ކުރިންވެސް ކުރެވުނު ކަމެއް ކަމަށާއި ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކުރަން ކޯޓުން ދޫނުކުރި ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ މި ވާހަކަތައް ތަފްސީލީ ގޮތެއްގައި ދައްކަން ބޭނުން ނުވާ ކަމަށާއި ހަމައެކަނި ބޭނުން ވަނީ އެމަނިކުފާނުގެ ހާލަތު ހުރިގޮތް ފަނޑިޔާރުންނަށް ބަޔާންކޮށްދިނުން ކަމަށެވެ. ޔާމީން އެދިވަޑައިގެންނެވީ ހުކުމް ތަންފީޒުކުރުން ފަސްކޮށްދީ އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށެވެ.

"އަޅުގަނޑު ނެތިން މިއަދު ސިޔާސީ ވާހަކައެއް ދައްކާކަށް ވެސް. އަޅުގަނޑު މިއީ އެ ފުރުސަތު ދޫކޮށްލައިގެން ހުރި މީހެއް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން މިހެން ވިދާޅުވި އިރު އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ވުމުން ޔާމީން ބޭނުންވެވަޑައިގަތީ އިންތިހާބު ބޮއިކޮޓްކުރުމަށެވެ. ނަމަވެސް ޕީޕީއެމް-ޕީއެންސީގެ ސެނެޓުން އެކަން ގަބޫލުނުކުރުމުން ވެސް ޔާމީން އެންމެ ފުރަތަމަ އެކަން ގަބޫލެއް ނުކުރެއްވި އެވެ. ނަމަވެސް ފަހުން ޔާމީން ވަނީ ޕީއެންސީގެ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން ނިންމަވައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. ކަލިހާލަތު ހުރިގޮތުން ކަފާލަތުގެދަށުން ޔާމިނުދޫކޮއްލަވީ އަނެއްދުވަހު ބަލިރަގަޅުވެ ގަދަފަދަމީހަކައްވެ ހުންނާނީކެން ޕޭނުގަ މުއީޒުފަހަތުގަ

  2. ހިޔަޅުވެސް އަބަދުވެސް ބަލާނެ ބަލިކަށިކަމުންނުހިގިފައޮވެވޭތޯ ހަމައަތްފޯރާފަށަށްއައީ ފުއްމައިގެން ވައިނޮޅިހިފާ ބުރިކޮށްލާނީ
    މިއޮށް ހުރިހާދުވަހު ބޮލުގަބޮޑުޓިއުމަރެއް އިނދެގެން އުޅެފަ
    ވެރިކަން ލިބިބާރުތަށް މުށުތެރެއަށް ވަނުމާއެކު ހީވޭވާކަމެއްހެން
    ނުވިތާކަށް މުސްކުޅިސާރީދޯޅުގަނޑުވެސް ޖަލަށް ކޮށްޕާލީ!
    ތިޔައީ އުފެދުމުގަވެސް މަކަރު ގޯންޏެކޭ!

  3. ހިނގާބަލަ ތިކިއާ ހިޔަޅުގެވާހަކަ ނޫނީ ހިޔަޅުގެޑުރާމާ ކުޅުނުބައގަނޑު ހޯދާލަން، 1 ރނަޝީދު ޖަލަށް ހުކުންކުރުމުން ތަންފީޒުކުރީ ޖަލުގާތޯ އިނގިރޭސިވިލާތުގާތޯ؟ 2 ގާސިމް ހުކުންތަންފީޒުކުރީ ޖަރުމަނުވިލާތުގާތޯ ޖަލުގާތޯ؟ 3 އިމްރާން ހުކުން ތަންފީޒުކުރިއރު އީދިފެންކުޅި ނުކުޅޭތޯ؟ ދަރިއަކުނުލިބޭތޯ؟ އަނބިމީހާ ވިހށގަދަވަންދެން އަނބިމީހާ ެސް ޖަލުގާތޯ ގެންގުޅުނީ؟ 4 ޖަލަށް ލެވުނު މީހުން ރިޝަ ަތުގެ ކަޅުފައިސާ ބެހީ ކޮން ބޭނުމެއްގާތޯ؟ 5 ރޔާމީން ޖަލުގާ ރަހީނުކޮށްގެން މި އަނިޔާވެރި ސަރުކާރުން އެ އަނިޔާ ކުރަނީ ރޔާމީންގެ ކޮން ކުށެއް އޮވެގެންތޯ އެތައްބައެއްގެ ޚިޔާނާތް ރޔާމީނުގެ އިސްތަށިފުޅުގާ އެޅުމަކީ ޑުރާމާއަކަށް ނުވޭތޯ؟ 5 މިހާރު ކުރިކު ރިޒާ ކޮބއިތޯ ރިޒާވެސް ހުދުކާފޫރަށްވީތޯ، މިޣައްދާރު ރައީސް ބޭނުންގޮތަކަށް އެއްބަސްކުރުވާފަ ރިޒާވެސް އޮކުސިޖަންދޭން ގެއަށް ބަދަލު ކުރީތޯ؟ މީ ކށކު ޕުރޮދިެުސަރު ކުރި ޑުރާމާތަކެއްތޯ؟ ކޮބައިތޯ ޑުރާމާތަކުގެ ދައިރެކުޓަރު އެންމެ ބޮޑުވަގު އަދީބު، ސިންގަޕޫރުގާ ފައިޖެހުނީމާ އެއޮއްފުމެ ނަގަނީ، ކޮން އެއްޗެއްތޯ ބަލިވެގެން ސީރިއަސްހާލަތަށް ގޮސްގެން އައިޖީއެމްއެޗުގާ ޑުރާމާގެ ބޮޑުބައި ނެގީ؟ ޑުރާމާގެވާހަކަ ދައްކަންޏާ ނިކަން ދައްކާލަމާހިނގާބަހީ.

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ