އެޗްޕީއޭގެ މިންގަނޑުތަކާއި ޚިލާފަށް ރައީސުލްޖުމްހޫރިއްޔާއަށާއި، މިސަރުކާރުގެ އިސްވެރިންނަށް ރަށްރަށަށް ދަތުރުފަތުރުކޮށް، އެއްވުން ބާއްވަން ފުރުސަތު ދެނީ ޑިރެކްތާ ޖެނަރަލް މައިމޫނާ އަބޫބަކުރުމަށް ޕީއެންސީގެ ނައިބް ރައީް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބް ކައިރިވަމުންދާއިރު އިދިކޮޅު ފަރާތްތަކަށް ކެމެޕްއިން ކުރުމަށް ފުރުސަތު ނުދީ ހިފަހައްޓާފައިވާ މައްސަލާގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ޝުޖާ ކުރި ޓްވީޓު ތަކުގައި ބުނެފައިވަނީ ސިޔާސީ ހަރަކާތްތައް ހިންގުމަށާއި، ސިޠާސީ ގޮތުން ކުރަންޖެހޭ މަސައްކަތް މާލެއާއި އަތޮޅުތެެރޭގައި ކުރެވޭނެ މަގެއް ހޯދުމަށް އެޗްޕީއޭއަށް އޮކްޓޯބަރު މަހުގެ މެދު ތެރޭގައި ފޮނުވާފައިވާ ސިޓީގެ ޖަވާބު އަދާއި ހަމަޔަށްވެސް ދީފައި ނުވާކަަމަށެވެ. ސިޓީގެ ޖަވާބު ނުދެއްދި ތަނުގައި ރައީސް ޞަލިހާއި، މިސަރުކާރުގެ ވެރިންނަށް ބޭނުން ވަރަކަށް މީހުން ގޮވައިގެން އަތޮޅު ތެރޭގައި ޖަލްސާ ބޭއްވުމުގެ ފުރުސަތު ދެމުންދާކަމީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ޝުޖާ ވިދާޅުވިއެވެ.
ސިޔާސީ ހަރަކާތް ހިންގުމަށް އެޗްޕީއޭ އިން ދަނީ އިދިކޮޅު ކޯލިޝަނަށް ހުރަސްތައް ކުރިމަތިކުރުވުމަށް. މައިމޫނާއާއިއެކު މިކަމާ މަޝްވަރާ ކުރުމަށް އަޅުގަނޑުމެން އެދުނީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު. މިއަދާއި ހަމަޔަށްވެސް ޖަވާބެއް ނުދެއްވާ. ސަރުކާރުގެ ވަފުދުތައް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހިމެނޭ ގޮތަށް ގެންދަވަނީ އަތޮޅު ތެރެއަށް ދަތުރުކޮށް، އުސޫލުތައް މުޤުރަމުން. ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް މިކަމުގައި އެބައޮތް. އެޗްޕީއޭއަށް އަޅުގަނޑުމެންގެ ސިޓީގެ އަށް ޖަވާބު ނުދެއްވާތީ 2 ޑިސެމްބަރު ގައި ވަނީ ޖަވާބު ނުދެއްވި ސަބަބު ހޯދަން އެދިފަ.
– ޝުޖާ ވިދާޅުވިއެވެ.
އެޗްޕީއޭއިން މިއަދު ސިޔާސީ މަގުސަދު ވަކި ބަޔަކަށް ހާސިލްވެވޭ ގޮތަށް ފުރުސަތުދީ ވަކިބަޔަކަށް ހުރަސް އެޅުމަކީ ބަލަިއ ގަނެވޭނެ ކަމެއް ނޫންކަމަށާއި، މިކަންކަމަކީ ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ބަލާނެ މައްސަލަތަކެއްކަމަށް ޝުޖާ ވިދާޅުވިއެވެ.
މީގައިން ހާމަވެގެންދަނީ ސަރުކަރުގެ ވުޒާރާތައް "ލަދު ހަޔާތް" ކެނޑިފައިވާ މިންވަރު އެޗްޕީއޭ އަކީ ކުޅޭ ކުޅޭ ތަނަކަށްވެ، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ތަނަކަށްވެފަ. ޕީޕީއެމް، ޕީއެންސީ ވެރިކަމެއްގައި މައިމޫނާ ޖަވާބުދާރީ ވާންޖެހޭނެ ވަރަށް ގިނަ ކަންކަން ހުރިކަން ހަނދާނުގައި ބެހެއްޓެވުން އެދެން. އަދި އެޗްޕީއޭގެ ހީވާގި މުވައްޒިފުންނަށްވެސް މައިމުނާގެ ވަސްވާހުގައި ނުޖެހި، ވަކި ބަޔަކަށް ވަކި ގޮތެއް ހަދަމުން މައިމޫނާ ކުރައްވާ މަސައްކަތާއި ދުރުހެލި ވުމަށް އެދެން.
– ޝުޖާ ވިދާޅުވިއެވެ.
ސިޔާސީ ހަރަކާތްތައް ހިންގުމަށް އޮތް ހުރަސްތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ އިލެކްޝަން ކޮމިޝަނާއި އެކުވެސް ބައްދަލުމުވެއް ބާއްވާފައެވެ. އަދި ކަމައިބެހޭ ފަރާތްތަކަށް މިކަމުގައި ސިޓީން ދެންނެވިފައިވާއިރު، މިސިޓީތަކަށް ޖަވާބެއް ދެއްވާފައި ނުވާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިމައްސަލާގައި އިދިކޮޅުން ވަނީ ކޯޓަށް ދާން ނިންމާފައެވެ.
ކޮމެންޓު ފޮނުވާ