ޑިމިކްރެޓްސްގެ ރިޔާސީ ކެމްޕޭން ފަށަނީ އައްޑޫ ސިޓީން

ޑިމިކްރެޓްސްގެ ރިޔާސީ ކެމްޕޭން ފަށަނީ އައްޑޫ ސިޓީން

Author
އަޒްފާ ރަޝީދު
29 ޖުލައި 2023 01:31
0

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕޭނަށް، ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލިޔާސް ލަބީބު، ރައީސް މުހައްމަދު ނަޝީދު އަރިހުގައި ކެމްޕޭނަށް މިއަދު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރިޔާސީ ކެމްޕޭނަށް މި ދެބޭފުޅުން އައްޑޫއަށް ވަޑައިގަތުމަށް ހަމެޖެހިފައި ވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައި ކަމަށް ދަ ޑިމޮކްރެޓްސްއިން ވަނީ ބުނެފަ އެވެ.

މި ދަތުރުފުޅުގެ ތެރެއިން އިލްޔާސްގެ ކެމްޕެއިން ޖަލްސާއެއް އައްޑޫސިޓީ ހުޅުދޫގައި މާދަމާ ރޭ ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން ކެމްޕޭނަށް އައްޑޫގައި ޑޯ-ޓު-ޑޯ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އައްޑޫ ސިޓީއަށް ދަ ޑިމޮކްރެޓްސްއިން ކުރާ މި ދަތުރަކީ ރަސްމީކޮށް ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި އެކު ކުރާ ފުރަތަމަ ދަތުރުކަން ފާހަގަކޮށްލެވެއެވެ.

އިލްޔާސް ލަބީބު ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓު ކަށަވަރުކުރެއްވީ އިއްޔެ ކުރިޔަށް ގެންދިޔަ ޕްރައިމެރީން ނެވެ.

ޕްރައިމެރީއަށް ކުރިމަތިލެއްވި އިލްުޔާސް ލަބީބު އެކަނި ކަމުން ވޯޓު ކުރިޔަށް ގެންގޮސްފައިވަނީ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައި އެވެ. މި ވޯޓު އިލްޔާސް ކާމިޔާބު ކުރެއްވީ 94 ޕަސެންޓު ވޯޓާއި އެކުގައި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.