ގައްބަރޭ ދޫކޮށްލި މައްސަލަ އިސްތިޢުނާފް ކޮށްފި

ގައްބަރޭ ދޫކޮށްލި މައްސަލަ އިސްތިޢުނާފް ކޮށްފި

Author
މުޙައްމަދު ޝަޒައިމް
11 ޖުލައި 2023 12:12
0

ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޒަރީރަށް ހަމަލާދީ އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި ހައްޔަރުކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެއް ކަމަށްވާ ކ. މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް (ގައްބަރޭ)ގެ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހަތިޔާރަކުން ހަމަލާދިންކަަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުގައި ހުއްޓައި 6 ޖުލައި 2023 ގައި ދޫކޮށްލި ގައްބަރޭގެ މައްސަލަ މިމަހުގެ 9 ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ގައްބަރޭ ހޯދަން އިއުލާނު ކޮށްފައި ވަނީ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. އޭނާ ހޯދަން އިއުލާނު ކުރިތާ ހަތް ދުވަސް ފަހުން އޭނާ ފުުލުހަށް ހާޒިރުވިއިރު، ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އަދި ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާގެ ބަންދުން ދޫކޮށްލީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ނަމަވެސް ބަންދުން ދޫކޮށްލީ ކިހިނެއްވެގެން ކަން ސާފެއް ނުވެއެވެ.

ގައްބަރޭ ހައްޔަރު ކޮށްފައި ވަނީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރުމަށްޓަކައި ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް ކުރެވޭ ތުހުމަތުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ގައްބަރޭ ހައްޔަރު ކުރީ ޒަރީރަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައެވެ.

ޒަރީރަށް ހަމަލާދިން މައްސަލައިގައި މީގެ ކުރިން ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަލީ
ހުތުރުކޮށް ބުނާހިތެއް ނުވޭ....ހަމައިން ވިސްނަބަލަ އިސްތިއުނާފު ނުކުރޭ....އިސްތިއުނާފަށް ހުށަހެޅީ..އިސްތިއުނާފު ކޮށްފިޔޭ ބުނެފި ނަމަ އިސްތިއުނާފުން ނިމުުނު ގޮތެއް އެނގޭނެ.