ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ކޮޅުނބުގެ ކެމްޕެއިން ޓީމާއި، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ބައްދަލު ކުރައްވައިފިއެވެ.
ކޮޅުނބުގައި އޮތް މިއްބަދަލުވުމުގައި އެޤައުމުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރައީސް ޞާލިހުގެ ކެމްޕެއިން ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މިބައްދަލުވުމުގައި ރިޔާސީ އިންތިޚާބުގެ ކޮޅުނބުގެ ކެމްޕެއިން ކޯޑިނޭޓަރު އަދި ކޮޅުނބަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލީ ފާއިޒު ވަނީ ބައިވެ ވަޑައިފައެވެ.
މިބައްދަލުވުމުގައި ވަނީ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތާއި، އިންތިޒާމުތައް ހަމަޖެއްސުމަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައެވެ.
ޢަލީ ނިޔާޒު ކޮޅުނބުގެ ކެމްޕެއިން ޓީމާއި ބައްދަލު ކުރެއްވިއިރު ދާއިދި ފަހުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްވެސް ވަނީ ހަމަ މިޓީމާއި ބައްދަލު ކުރައްވާފައެވެ. ރިޔާސީ އިންތިޚާބުގައި ކޮޅުނބުގައި މިހާތަނަށް ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފަށައިގެން ކުރިއަށް ގެންދަނީ އެމޑީޕީން އެކަންޏެވެ. އެހެން ޕާޓީތަކަކުން އަދި މިފަދަ ބައްދަލުވުންތަކެއް ބާއްވާތަން ފެނިފައި ނުވެއެވެ.
ސްރީލަންކާއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު އަދި ރިޔާސީ އިންތިޚާބުގެ ސްރީލަންކާގެ ކެމްޕެއިން ކޯޑިނޭޓަރ އަލީ ފާއިޒު އަދި ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރ @ali_niya، ސްރީލަންކާގެ ކެމްޕެއިން ޓީމާއި ބައްދަލުކުރެއްވުން#Ibu2023 #MDP2023 pic.twitter.com/9fnRrw8gvW
— MDP Secretariat (@MDPSecretariat) July 6, 2023
ރިޔާސީ ޕްރައިމަރީއަށްފަހު ކެމްޕެއިން ހަރަކާތްތައް އެމްޑީޕީން ދަނީ މާލެއާއި އަތޮޅު ތެރޭގެ ރަށްތަކުގައި ކުރިއަށް ގެންދަމުންނެވެ. މިދަތުރުތަކުގެ ބޭނުމަކީ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމާއި، ރަށްރަށުގައި ހުރި ކަންބޮޑުވުންތައް ސަރުކާރާއި ހަމައަށް ގެނެސް ދިނުމެވެ. މިފަހަރުގެ އިންތިޚާބަށް މަދު ދުވަސް ކޮޅަކަށް ވެފައިވާއިރު، އިންތިޚާބުގައި ގިނަ ކެނޑިޑޭޓުން ވާދަ ކުރާނެކަމަށް ބެލެއެވެ.
މިއިންތިޚާބުގައި އެމްޑީޕީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެޕާޓީގެ ލީޑަރޝިޕްގައި ހަރަކާތްތެރިވި ގިނަ ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައި، ރައީސް ޞާލިހާއި ދެކޮޅަށް މަސައްކަތް ފެށުމެވެ. ނަމަވެސް އެމްޑީޕީން ބުނަމުންދަނީ މިއީ އިންތިޚާބު ކާމިޔާބު ކުރުމަށް ލިބިގެންދިޔަ އިތުރު ފަސޭހައެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ