އިންޑިއާ އައުޓު ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ހަރަކާތުގެ އެންމެ ކުރީގައި ރައީސް ޔާމިން ހުންނަވައިގެން

"އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެ، ޔާމީން މިނިވަން ކުރުމަށްވެސް މަސައްކަތް ކުރާނަން: ޑިމޮކްރެޓްސް

"އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެ، ޔާމީން މިނިވަން ކުރުމަށްވެސް މަސައްކަތް ކުރާނަން: ޑިމޮކްރެޓްސް

ގުޅުންހުރި

11 އަހަރަށް ޖަލުހުކުމެއް ތަމްފީޒު ކުރައްވަމުންދާ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން މިނިވަން ކުރަން ޕީޕީއެމުން ކުރާ މަސައްކަތުގައާއި އިންޑިއާއާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގައިވެސް ބައިވެރިވާނެ ކަމަށް ރައީސް ނަޝީދު އިސްކޮށް ހުންވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.

ދަ ޑިމޮކްރެޓްސް އިން ގެންދަނީ ޕީޕީއެމްއާއިއެކު ސިޔާސީ މަސައްކަތް ކުރުމަށް މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރު ނިމުމަކަށް ގެންނަން ދޭން ޖެހުނު ކޮންމެ އެހީތެރިކަމެއް ދޭން ތައްޔާރަށް އޮތް ކަމަށެވެ.

އެގޮތުން ރައީސް ޔާމީން މިނިވަންކުރަން ކުރާ މަސައްކަތުގައި ބައިވެރިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަލީ އާޒިމް ވިދާޅުވީ، ރަނގަޅު އިންސާފުވެރި ޝަރީއަތެއް ރައީސް ޔާމީނަށް ހޯދައިދޭންޖެހޭ ކަމަށާއި އެކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.

ޔާމީނު މިނިވަންކުރަން ގޮވާލައި ޕީޕީއެމްއިން ކުރާ މަސައްކަތުގައި ޑިމޮކްރެޓްސް ބައިވެރިވާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން އާޒިމް ވިދާޅުވީ އިންސާފުވެރި ޝަރީއަތެއް އޮތުމަކީ އަބަދުވެސް އެދޭކަމެއް ކަމަށް ޑިމޮކްރެޓްސް އަބަދުވެސް ބުނަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ކަންބޮޑުވާ ކަމަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު, އެތައް ބަޔަކަށް އޮތް އިރު ޔާމީން ގިނިކަންޏާ ޖަލަށް ލާފައި ވުމެވެ.

ހަމަ އެކަނި އެއް ބޭފުޅަކަށް ހުކުމްކޮށް، ޖަލަށް ލާފައި އިންނަ އިނުން، އެއީ އަޅުގަނޑު ހަމަ އަބަދުވެސް ކަންބޮޑުވާކަމެއް.

– އާޒިމް ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕެއިންގައި ބައިވެރިވުމާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަލީ އާޒިމް ވިދާޅުވީ، ސަރުކާރު ބަދަލުކުރަން ކުރަންޖެހޭ ހުރިހާ ކަމެއްކުރާނެ ކަމަށާއި ދޫ ދޭންޖެހޭ ކަންކަމުގައި ދޫ ދޭނެ ކަމަށެވެ.

އެއީ ނުވާނެ ކަމެއް ނޫން، ދެ ފަރާތުންވެސް ދޫ ދޭންޖެހޭ ކަންކަން އެބަހުރި، އެހެންކަމުން އެކަންތައްތަކަށް ދޫ ދީގެ ކުރިއަށްދާނީ.

– އަލީ އާޒިމް ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ނަޝީދުވެސް ދެކޮޅު ހައްދަވާ އަދި އެކަމަކީ ކޮށްގެން ނުވާނެ ކަމެއްކަމަށް ތަކުރާރުކޮށް ވިދާޅުވި ހަރަކާތެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ