ޒައިދު؛ އަލީ ޒަމީޒަށް: މަގުމަތިން މީހުންނާ ފޮށިގަތުމަށް ހިތްވަރު ނުދެއްވާ!

ޒައިދު؛ އަލީ ޒަމީޒަށް: މަގުމަތިން މީހުންނާ ފޮށިގަތުމަށް ހިތްވަރު ނުދެއްވާ!

Author
މުޙައްމަދު ޝަޒައިމް
16 ޖޫން 2023 02:09
0

މަގުމަތިން މީހުންނާ ފޮށިގަތުމަށް ހިތްވަރު ނުދެއްވުމަށް ދީނީ އިލްމުވެރިޔާ ޝައިޚު ޢަލީ ޒައިދު، ސަލަފްގެ އިސް ބޭފުޅެއް ކަމަށްވާ ޢަލީ ރަމީޒަށް ގޮވާލައްވައިފިއެވެ.

ޒައިދު މިހެން ގޮވާލެއްވީ ދިނީ އިލްމުވެރިއެއްގެ ޓެގުގައި ވަކަރުގޭ ކުދިން އުޅުއްވާހެން ނޫޅުއްވުމަށް ޑރ.އިޔާޒަށް އަލީ ރަމީޒު ގޮވާލައި ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. އަދާލަތު ޕާޓީގެ އިސް ފަނޑިޔާރު އަދި އިލްމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޑރ. މުހައްމަދު އިޔާޒަށް ޕީޕީއެމްގެ އިކްޓިވިސްޓުންތަކެއް ވަނީ މަގުމަތި ދިމާކޮށް ފުރައްސާރަ ކޮށްފައެވެ.

މިކަމާއި ގުޅިގެން ދީނީ އިލްމުވެރިންނާއި، އާންމު ގިނަ ބަޔަކު ވަނީ އެއަމަލު ކުށްވެރި ކޮށްފައެވެ. މިކަމާއި ގުޅިގެން ޢަލީ ރަމީޒު ވިދާޅުވެފައިވަނީ ޓުވިޓާގައި 24 ގަޑިއިރު ވަކަރުގޭ ކުދިން އުޅޭހެން އުޅުއްވުމަކީ އެއްގޮތަކަށްވެސް ދީނީ އިލްމުވެރިން އުޅުއްވާ ގޮތެއް ނޫންކަމަށެވެ. ލާދީނީ މީހުންގެ މިލަ ދޮންނަމުން މުސްލިމުން ރުޅިއަރުގައި ދީނާ ގައުމުގެ ހައްގުގައި ކަމަށްބުނެ ވާހަކަ ދައްކަވަމުންދާއިރު ހަގީގަތަކީ ކޮބައިކަން ބަލަންޖެހޭކަމަށް އަލީ ރަމީޒު ވިދާޅުވިއެވެ.

އަލީ ރަމީޒުގެ ވާހަތަކާއި ގުޅިގެން ޝައިޚު ޒައިދު ވިދާޅުވީ އެއްވެސް މީހަކަށް މަގުމަތިން ފޮށި ފުރައްސާރަކޮށް ގަޔަށް ބޮލަށް އަރަން ހިތްވަރުލިބޭ ގޮތަށް ވާހަކަ ދެއްކުމަކީ ގޯސް ކަމެއްކަމަށެވެ. މިފަދަ ކަންކަމަކީ ސަލަފް ޖަމްއިއްޔާ އަދި އަދާލަތު ޕާޓީއެއް ބެލުމެއްނެތި ކުށްވެރި ކުރަންޖެހޭ ކަމެއްކަަމަށް ޒައިދު ވިދާޅުވިއެވެ.

ނޭނގިނަމަވެސް ޢަލީއަށް ތިޔަކުރެއްވެނީ ރަނގަޅުކަމެއް ނޫން! މަގުމަތިން މީހުންނާ ފޮށިގަތުމަށް ހިތްވަރު ނުދެއްވާ! މިފަދަ ކަންކަމަކީ ސަލަފެއް އޭޕީއެއް ބެލުމެއްނެތި ކުއްވެރި ކުރެވެންޖެހޭ ކަންކަން! މީހެއް ދެކެ އަންނަ ރުޅިއަކީ މިފަދަ ވިޔާނުދާކަންކަމަށް ހިތްވަރުދޭ ކަމެއްކަމުގައި ނަހަދަމާ!

– ޒައިދު ވިދާޅުވިއެވެ.

ޕީޕީއެމްގެ ސަޕޯޓަރުންތަކެއް އިޔާޒުއާ ދިމާކޮށްލީ އެ މީހުން އެޗްއާރްސީއެމްގެ ދޮށަށް އެއްވެ އަޑުއުފުލަމުން ދަނިކޮށް ޑރ. އިޔާޒު އެ ސަރަހައްދުން ސައިކަލްގައި ދުއްވާފައި ދަނިކޮށެވެ. މުޒާހަރާ ކުރަން ތިބި އަންހެނުންތަކެއް ވަނީ އިޔާޒު ފަހާ ދުވެފައެވެ.

ޑރ. އިޔާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ތާއީދުކުރައްވާ ޓްވީޓް ކުރައްވާ ބޭފުޅެކެވެ. އޭނާގެ ޓްވީޓްތަކަށް އަބަދުވެސް އިދިކޮޅު މީހުން ފާޑު ކިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލާސް
ރުޅިގަދަނުވެ އަލީގެ ނަސޭހަތް ގަބޫލުކުރުން ކީންބާވާނީ؟ ޢޭރެކުންނޫންބާަ އިޖުތިރާމުލިބޭނީ!
އަދާލަތުޕާޓީ ހަދާގެން ގައުމުގެ ލާރިކޮޅުކާގެން ދީނުގެނަމުގާސިޔާސީވެގެން އުޅުނަސް ތިޕާޓީއަކައްތާއީދުއެއްނެއް
މ މުދައްބިރުއްދައުލާ
"ޢަދާލަތު ޕާރޓީއަކީ" އަކީ "ސަލަފް ޕާރޓީ" ފިޔަވައި ރާްޖޭގައި އޮތް އެންމެ ގިނަ ދީނީ ޢިލްމުވެރިން އެއް ބައެއްގެ ގޮތުގައި ހިމެނޭ އެންމެ ބޮޑު ދީނީ ޖަމާޢަތް. ޢިލްމު ވެރިންނަށް މަލާމާތް ކޮށް ހަޖޫ ކިޔާ ފުރައްސާރަކޮށް، ގޯނާ ކުރުމަކީ ބިރުހުރި ކަމެއް. ޢިލްމުވެރިންނަކީ ކީރިތި މާތް ރަސޫލާގެ ވާރިޘުން. ޥީމާ ޢިލްވެރިންނަށް އިޙްތިރާްމް ކުރުމަކީ، ކޮންމެ މުސްލިމަކު ވެސް އަދާކުރަންޖެހޭ ދީނީ އިޖްތިމާޢީ، އަދި ފަރުދީ ޛިންމާއެއް!
ޒ ޒިލޭބި
ޒައިދުމެންނަކީީ ދީނީމީހުންގެގޮތުގައިި ކިޔާވަރުގެބަޔެއްނޫންް ތީީ ސިޔާސީފިތުނަވެރިންް ތިކަހަލަމީހުންނާމީހުންނާދިމާލައްް އެއްޗެއްބުނުމުންް އެކަމާތެޅިފޮޅެނީީ ޒައިދުމެންދީވިއްލައިގެންް ކައިބޮއިި އުޅޭބަޔެއްކަމައްް އަމިއްލަޔައްްވެސްއެގޭތީީ ކަމައްް ހީވަނީީ
ށ ށިރާޖު
ތިކަހަލަމީހުންނާއި ބެހޭގޮތުން ވިސްނާލިމީހަކައް ރަގަޅައްއެގޭގޮތައް ސާފުކޮއް އެގޭގޮތައް ބަގަރާސޫރަތުގެ 7 ވަނަޔަތުން ސާފުވާނެ
ޝ ޝަލަބީ
އަލީ ރަމީޒަށް ފެންވަރު އޮޅުނީ!! ރޮނު އެދުރެއް!!
ދ ދިވެހި މުސްކުޅިން
ތި އަލީ އަކީވެސް ފޮށޭ މީހެއް ރޯނު އެދުރެއް
މ މުދައްބިރުއްދައުލާ
ޢަލީ ރަމީޒަކީ ވާހަކައަކީ ފައްކާ ރޯނު އެދުރެއ. ޢައްޔަކީ ވާހަކައަކީ ތިމަަޔަށް ނޭންގޭކަން ވެސް ވާހަކައަކީ ނޭންގޭ ތަނެއް ދޮރެއް ނޭންގޭ ގަމާރެއް. ޢއަްޔައަކީ ވާހަކައަކީ ޜާއްޖޭގެ ބޮޑެތި ޢިލްމް ވެރިންނަށް ޖޯކުޖަޙާ ކީރިތި ޤުރްއާނާ ރަސޫލާގެ ސުންނަތާ ދެކޮޅަށް ވާހަކައަކީ އަޑުއުފުލާ ޖަޑިބެއް. ޢަްޔައަކީ އަބޫޖަހްލު އަޅާ ވައްތަރުގެ ވާހަކައަކީ ފަގުޑިއެއް އަޅައިގެން ހުރި ހައްދު ވާހަކައަކީ ފަހަނަ އަޅާފައިހުރި މަމޮޅު ހެދިގެން އުޅޭ ދެއްކުންތެެރިއެއް. ވާހަކައަކީ.
H Haaufaa
ދީނީ ޢިލްމުގެ ލަޤަބު ކުރިޔަށްނެރެގެން ސިޔާސީ ކަންކަން ހިންގާނަމަ އެގޮތަށް ދިމާކުރުމުން އެކަންވެސް ޤަބޫލު ކުރެވެންޖެހޭނެ. ނޫނީ ސިޔާސީ ކަންކަމާ ނުބެހި ދުރުގައިހުރުން ބުއްދިވެރިވާނެ.