ދިނީ އިލްމުވެރިއެއްގެ ޓެގުގައި ވަކަރުގޭ ކުދިން އުޅުއްވާހެން ނޫޅުއްވުމަށް ސަލަފްގެ އިސްބޭފުޅެއް ކަމަށްވާ، އަލީ ރަމީޒު ޑރ.އިޔާޒަށް ގޮވާލައްވައިފިއެވެ.
އޭނާ މިހެން ގޮވާލީ އަދާލަތު ޕާޓީގެ އިސް ފަނޑިޔާރު އަދި އިލްމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޑރ. މުހައްމަދު އިޔާޒަށް މަގުމަތި ދިމާކޮށް ފުރައްސާރަ ކުރި މައްސަލައާއި ގުޅިގެން ޑރ.އިޔާޒަށް އަމާޒުކޮށް ކުރެއްވި ޓުވީޓެއްގައެވެ.
އަލީ ރަމީޒު ވިދާޅުވީ ޓުވިޓާގައި 24 ގަޑިއިރު ވަކަރުގޭ ކުދިން އުޅޭހެން އުޅުއްވުމަކީ އެއްގޮތަކަށްވެސް ދީނީ އިލްމުވެރިން އުޅުއްވާ ގޮތެއް ނޫންކަމަށެވެ. ލާދީނީ މީހުންގެ މިލަ ދޮންނަމުން މުސްލިމުން ރުޅިއަރުގައި ދީނާ ގައުމުގެ ހައްގުގައި ކަމަށްބުނެ ވާހަކަ ދައްކަވަމުންދާއިރު ހަގީގަތަކީ ކޮބައިކަން ބަލަންޖެހޭކަމަށް އަލީ ރަމީޒު ވިދާޅުވިއެވެ.
ދީނީ އިލްމުވެރިއެއްގެ ލޭބަލް ޖަހައިގެން 24 ގަޑިއިރު، ވަކަރުގޭ ކުރިން ގޮތަށް ދުލަށް އައިހާ އެއްޗެއް ޓުވީޓް ނުކުރާށެވެ. ލާދީނީ ބައިގަނޑުގެ މިލަ ދޮވެދެއްވަމުން، މުސްލިމުން ރުޅި އަރުވަމުން، ތިމަންނާ އަބަދުވެސް ބަޔާން މިކޮށްދެނީ މާތް ރަސްކަލާންގެ ހައްގު ދީނޭ ކިޔައިގެން ބުހުތާނު ނުހަދާށެވެ. ޤައުމު އަޅުވެތި ކުރުމަށް އެހީތެރިވަމުން ދުވާއިރު ކުޑަވެސް ބިރެއް ލަދެއްއަގަލެއް ބަހައްޓަބަލާށެވެ. ހަމަ ޔަގީނުންވެސް ތިޔައީވެސް މާތް ރަސްކަލާންގެ ހަޒުރަތަށް ހުއްޓެން ޖެހޭނެ މަޚުލޫގެކެވެ.
– އަލީ ރަމީޒު ވިދާޅުވިއެވެ.
Dheenee ilmuveri egge label jehigen 24 gadi iru, vakarugey kudhin gothah dhulah ai haa echcheh tweet nukuraasheve. Laadheenee baiganduge mila dhovedhemun, Muslimun rulhi aruvamun, thimannaa abadhuves bayaan mi kohdhenee Allah ge haqqu dheeney kiyaigen buhuthaanu nuhadhaasheve.…
— Ali Rameez (@aliramyz) June 15, 2023
ޕީޕީއެމްގެ ސަޕޯޓަރުންތަކެއް އިޔާޒުއާ އިއްޔެ ހަވީރު ދިމާކޮށްލީ އެ މީހުން އެޗްއާރްސީއެމްގެ ދޮށަށް އެއްވެ އަޑުއުފުލަމުން ދަނިކޮށް ޑރ. އިޔާޒު އެ ސަރަހައްދުން ސައިކަލްގައި ދުއްވާފައި ދަނިކޮށެވެ. މުޒާހަރާ ކުރަން ތިބި އަންހެނުންތަކެއް ވަނީ އިޔާޒު ފަހާ ދުވެފައެވެ.
ޑރ. އިޔާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ތާއީދުކުރައްވާ ޓްވީޓް ކުރައްވާ ބޭފުޅެކެވެ. އޭނާގެ ޓްވީޓްތަކަށް އަބަދުވެސް އިދިކޮޅު މީހުން ފާޑު ކިޔައެވެ.
ކޮމެންޓު ފޮނުވާ