މަޖިލީހުގައި އަޅުވާފައިވާ މަރުތަޅު ނެއްޓޭނެ، ވިސްނުމާއި އުކުޅު އަސްލަމްގެ ކިބައިގައި ހުންނާނެ: ނިޔާޒު

މަޖިލީހުގައި އަޅުވާފައިވާ މަރުތަޅު ނެއްޓޭނެ، ވިސްނުމާއި އުކުޅު އަސްލަމްގެ ކިބައިގައި ހުންނާނެ: ނިޔާޒު

ރައްޔިތުންގެ މަޖިލިސް ކުރިއަށް ނުގެންދެވޭނެހެން އަޅުވާފައިވާ މަރު ތަޅު ނައްޓާނެ ނިސްވުމާއި، އުކުޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްގެ ކިބާގައި ހުންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އަލީ ނިޔާޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އޮތީ މަސައްކަތްތައް ހުއްޓި މަޖިލިސް ޑެޑްލޮކަށް ދާ ގޮތަކަށް ނޫން ކަމަށާއި މަޖިލިސް އަދިވެސް ކުރިޔަށް ގެންދެވޭނެ ކަމަށް އަސްލަމް ވިދާޅުވި ވާހަތަކާއި ގުޅިގެން މެމްބަރު އިމްތިޔާޒު ކުރެެއްވި ތުވީޓާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އަސްލަމް ވިދާޅުވެފައިވަނީ މަޖިލިސް ޑެޑްލޮކަކަށް ގެންދަން ބޭނުން ނުވާ ކަމަށާއި އަންނަ ހޯމަ ދުވަހުގެ ޖަލްސާ ގަވައިދާ އެއްގޮތަށް ބޭއްވޭނެ ކަމަށެވެ. ރައީސާއި ނައިބު ރައީސް ބައިވެރިވެވަޑައިނުގެންނެވޭ ހާލަތެއްގައި ދެން އަމަލު ކުރަންވީ ގޮތް ވެސް ބަޔާން ކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމްގެ ވާހަތަކާއި ގުޅިގެން އިންތި ވަނީ މަޖިލީހުގެ ގަވާއިދުގެ މާއްދާއަކާއިއެކު މަޖިލިސްގެ މިހާރު އޮތް ގޮތުން އޮތީ މަރުތަޅު އެޅުުވޭ ހާލަތެއްގައި ކަމަށް ވިދާޅުވެފައެވެ.

އަސްލަމް ތިޔަހެން އަދި ވިދާޅުވިއެއްކަމަކު ގަވާއިދު އޮތީ ހަމަ ސީދާ މަރުތަޅުއެޅޭ ގޮތަށް. އިންތި ވިދާޅުވިއެވެ.

އިންތިގެ ވާހަތަކާއި ގުޅިގެން އަލީ ނިޔާޒު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވައި މަޖިލިސް ކުރިއަށް ނުގެންދެވޭނެހެން މަރު ތަޅު އެޅުވާފައި ނުބޭއްވޭނެ ކަމަށެވެ. މަޖިލީހުގެ މަސައްކަތް ފެށުމަށް މިކަމުން ދެން ޢަމަލު ކުރަންވީ ގޮތްވެސް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަސްލަމަށް ސާފުކަމަށް ނިޔާޒު ވިދާޅުވިއެވެ.

ގަސްތުގާ ބަޔަކު މަޖިލިސް މަރުތަޅު އަޅުވައިގެން ކަމަށްބުނެ މަޖިލިސް ހުއްޓުވާފަ އޮންނަ އޮތުމަށް ހައްލު ހޯދޭނެ ވިސްނުމާއި އުކުޅު އަސްލަމްގެ ކިބައިގާ ހުންނާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް! އަސްލަމް އަކީ ތަޖުރިބާކާރު ވިސްނުން ތޫނު ޕޮލިޓީޝަންއެއް!

– ނިޔާޒު ވިދާޅުވިއެވެ.

އަސްލަމް ވަނީ މަޖިލީޙުގެ ނައިބް ރައީސްގެ އިތުބާރު ނެތް މައްސަލައިގެ ވަގުތު ކަނޑައެޅޭނެ މަގު ފަހިކޮށްދެއްވުމަށް، މަޖިލީހުގެ ޢާންމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދިނުމަށްވެސް އަމީން ޢާންމު ނިއުޝާއަށް ގޮވާލާފައެވެ.

މިމައްސަލަ ކުރިއަށް ގެންދަން ޖެހޭ ސަބަބީ އެ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމަށްފަހު، އެ މައްސަލަ ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާތީކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވި ގިނަ ދުވަސްތަކެއް ވަމުންދާއިރު ކޮމިޓީތަކުގައި ހުރި ރައްޔިތުންނާއި ގުޅުންހުރި މަސައްކަތްތައް ނުނިމޭތީ ސަރުކާރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ތިކިއާ މަރުތަޅެއް އެޅިފާ އޮތީ، މަޖލީހަކު ނޫން ބޯކޮސްވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ، މަރުތަޅު އެޅިފަ އޮތީ ސީދާ އެމްޑީޕީގަ، ރައީސްމީހާގެ ގައިގަ، އެތައް މިތަނުން މީހުން ވައްދައިގެން، ވެރިކަމުގެ ދަހިވެތިކަމުގާ ނެގި ބޮޑުރިޔަލު ދަށުވެ ސަލާމަތް ނުވެފާ ތިއޮތީ އެމްޑީޕީއަށް، ބައިވެރީން މިހާރު އެދަނީ މަތި އުޑުގާ ފިޔަޖަހަމުން، މިހާރު އެމްޑީޕީ ތިއޮތީ ފާޑަކަށް ހިސޯރު ކޮށްފާ، ބޮޑުކަލޭގެ އެހުރީ ވެރިކަމަށް ދަހިވެތިކަން ބޮޑުކަމުން އަމިއްލަ މިނިވަން ޕާޓީއަކަށް ފިރާލަން ނުކެރި، ބޭރުން އައިސް އުޅޭ ބާޒުތަކުގެ ވަކިގަނޑުދަށުގާ ނިކަންރީތިކޮށް ފިތި ބާރުވެގެން، މިހާރު ބާޒުތައް ބަލަނީ ޕާޓީގަނޑު ފުނޑާލާފަވެސް ބާޒުބައިގަނޑަށް ދޭ ކޮރަޕުޓު ފައިސާގަނޑަށް ވާނީވެސް އެހެންތާ ހަކުރު ދެންޏާ ބޮޑުބެއަށްތާ ވާނީ،
    ކީއްތޯ ކުރާނީ، އަމީރުންނާ ވަޒީރުންނަކީ ވެސް ޕާޓީގަނޑުގެ ވެރިކަން ވައްޓާލާ ޕާޓީގަނޑު ފުނޑާލި ގުރޫޕުގަނޑު ވިއްޔަ، އަސް ވިއްކާލިއަސް ލަގަން ވިއްކާނުލާށޭ ބުނާކަންް ހަނދުމަފުޅެއް ނެތް ވިއްޔަ، މިހާރު އެމްޑީޕީއަށް ޖެހިފާ ތި އޮތީ އަހާއެކުގާ ލަގަންވެސް ވިއްކާލުމުގެ ބަލާވެރިކަން، މިހާރު އެ ތެޅުވެނީ ފަހުން ފުރާފަ ބޮޑުރިޔާ ނަގައިގެން، ކިތަންމެ ބޮޑުރިޔަލެއް ނެގިއަސް ފުރިތާނގަވެސް ދެން ނުޖެހޭނެ.

Leave a Reply

Your email address will not be published. Required fields are marked *