މެމްބަރުންގެ ހެލްތް އިންޝުއަރެންސް އަލުން ބީލަމަށް ލައިފި

މެމްބަރުންގެ ހެލްތް އިންޝުއަރެންސް އަލުން ބީލަމަށް ލައިފި

Author
އަޒްފާ ރަޝީދު
31 މެއި 2023 07:28
0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނާއި މިހާރުގެ މެންބަރުންނާއި އެ ބޭފުޅުންގެ ބަލަދުއަރާ އާއިލީ މީހުންނަށް ހެލްތް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އަލުން ބީލަމަށް ލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މެމްބަރުންގެ ހެލްތް އިންޝުއަރެންސް ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުށަހަޅާފައިވާ އިޢުލާޏް މިމަހުުގެ ކުރީކޮޅުގައި ބާތިލްކޮށް އަލުން ހުޅުވާލާފައިވާކަަމަށެވެ.

އަދި މިހާރުގެ އިޢުލާންގައި ބުނާ ގޮތުން، ބީލަން ހުޑަށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 12 ވަނަ ދުވަހަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް 500ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އަދި މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންް (އެންސީބީ) އުސޫލުންނެވެ. މިކަމާއި ބެހޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ މަހުގެ 6 ގެ މެންދުރު ފަހު 1:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ ކަމަށްވެސް އެ މިިސްޓްރީއިން ހާމަކޮށްފައިވެއެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިޔުރިޓީގެ ގޮތުގައި ބައި 95،500ރ. ހުށަހަޅަން ޖެހޭނެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.