ކޭބަލް މަރާމާތުކޮށް ހުޅުމާލޭގެ ކަރަންޓްދިޔަ ސަރަހައްދުތަކަށް ކަރަންޓު ދީފި

ކޭބަލް މަރާމާތުކޮށް ހުޅުމާލޭގެ ކަރަންޓްދިޔަ ސަރަހައްދުތަކަށް ކަރަންޓު ދީފި

Author
މުޙައްމަދު ޝަޒައިމް
31 މެއި 2023 12:37
0

ހުޅުމާލޭގެ ދެވަނަ ފިޔަވަހިންނާއި ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑި ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދީފިއެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތަކާ ދިމާލުން ކޮނުމުގެ ތެރޭގައި ޑިސްޓްރިބިއުޝަން މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ. އެކުންފުނިން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލުންވެފައިވާ ކޭބަލް މަރާމާތު ކުރުމަށްފަހު މިހާރު ވަނީ ކަރަންޓުގެ ހިދުމަތް ނުލިބި ހުރި ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދެވިފައި ވާކަމަށެވެ.

ކޭބަލަށް ލިބުނު ގެއްލުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން މިހާރު ކަރަންޓުގެ ހިދުމަތް ނުލިބިވާނީ ގެއްލުން ލިބުނު ކޭބަލާއި ގުޅިފައިވާ ހިޔާގެ ޓަވަރު 1 އިން 8 އަށެވެ.

ސްޓެލްކޯއިން ވަނީ މިވަގުތު ތަކުގައި ދިމާވި ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.