ވެމްކޯގެ ޗެއާމަންއާއި އާސަންދަ ބޯޑުގެ މެމްބަރު ވަކިކުރަން ޕީސީބީއަށް ފޮނުވައިފި

ވެމްކޯގެ ޗެއާމަންއާއި އާސަންދަ ބޯޑުގެ މެމްބަރު ވަކިކުރަން ޕީސީބީއަށް ފޮނުވައިފި

ގުޅުންހުރި

ވެމްކޯގެ ޗެއަރމަންކަމުގެ މަގާމުގައި ހުންނެވި މުހައްމަދު އިބްރާހިމް މަނިކު އާއި އާސަންދަ ބޯޑުގެ މެމްބަރުކަމުގައި ހުންނެވި އާމިލާ ލަތީފު މަގާމުން ވަކިކުރުމަށް ސަރުކާރުން ޕީސީބިއަށް ފޮނުވައިފިއެވެ.

"ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެބޭފުޅުންވެސް މަގާމުން ވަކިކުރުމަށް ޕީސީބީއަށް ފޮނުވާފައިވަނީ ދެބޭފުޅުންވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަލަށް އުފެއްދުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ދަ ޑިމޮކްރޭޓްސް ޕާޓީއަށް ސޮއި ކުރުމާއެކު، އެމްޑީޕީގެ ސްލޮޓުގައި ތިއްބެވި ބޭފުޅުންނަށްވާތީ އެ މަގާމްތަކުން ވަކި ކުރުމަށް އެޕާޓީ އެދުމާއި ގުޅިގެންނެވެ.

އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރޭޓްސް ޕާޓީއާއި ގުޅޭ، ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުން ދަނީ މަގާމްތަކުން ވަކި ކުރަމުންނެވެ.

މިގޮތުން އިއްޔަ ވަނީ "ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ އާއި، ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ހާޝިމް (ސުމިތު) މަޤާމުން ވަކިކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ