ޒަރީރަށް ހަމަލާދިން ދެ މީހެއްގެ ބަންދަށް އިތުރު 15 ދުވަސް

ޒަރީރަށް ހަމަލާދިން ދެ މީހެއްގެ ބަންދަށް އިތުރު 15 ދުވަސް

Author
މުޙައްމަދު ޝަޒައިމް
27 މެއި 2023 09:17
0

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިނުމުގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ފަތިހު 5:08 ހާއިރުއެވެ.

މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 11 ވަނަ ދުވަހު އެންމެ ފުރަތަމަ ހައްޔަރުކުރީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެކެވެ. މި ދެ މީހުންގެ ބަންދަށް އެންމެ ފުރަތަމަ 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދިނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

މި ދެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެ މީހުންގެ ބަންދަށްވެސް އިތުރު 15 ދުވަސް ޖަހާފައެވެ.

މި މައްސަލައިގައި މިމަހުގެ 1 ވަނަ ދުވަހު ހައްޔަރުކުރީ ފުލުހުން ހޯދަމުންދިޔަ މީހަކެވެ. އޭނާ ހައްޔަރުކުރީ މިދިޔަ އަންގާރަދުވަހު ފުލުހުންނާއި އަމިއްލައަށް ހަވާލުވުމުންނެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ އެ ދުވަހު މަސް ދުވަސް ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.