އިޞްލާޙަކީ ފިކުރެއް، ނައްތައެއް ނުލެވޭނެ: ރައީސް މައުމޫން

އިޞްލާޙަކީ ފިކުރެއް، ނައްތައެއް ނުލެވޭނެ: ރައީސް މައުމޫން

Author
މުޙައްމަދު ޝަޒައިމް
25 މެއި 2023 01:10
0

އިޞްލާޙަކީ ފިކުރެއް ނައްތައި ނުލެވޭނެކަމަށް ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލީ ގަވައިދާ ހިލާފަށް ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ. ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ ޕާޓީއަށް އީސީން ނޯޓިސްވެސް ދިނެވެ. އީސީން 2022ގެ މާރިޗް މަސް ތެރޭގައި އެ ޕާޓީއަށް ނޯޓިސް ދިންއިރު، އީސީން އެންމެ ފަހުން ނޯޓިސް ދީފައި ވަނީ މިދިޔަ ފެބްރުވަރީ މަސް ތެރޭގައެވެ. ފަހުން ނޯޓިސް ދީފައި ވަނިކޮށް އެމްއާރްއެމްއިން 3000 މެމްބަރުން ހަމަކޮށް ފޯމްތައް ފެބްރުވަރީ މަސް ތެރޭގައި ހުށަހެޅިއެވެ. ނަމަވެސްމިފޯމުތަކަށް ވީގޮތެއް ނާންގައި ކުއްލިއަކަށް ޕާޓީ އުވާލި މައްސަލާގައި އެޕާޓީން ވަނީ އެކަން ކުށްވެރި ކޮށްފައެވެ.

ރައީސް މައުމޫން ވިދާޅުވީ އެމްއާރުއެމްއަކީ ފިކުރެއް ކަމަށެވެ. އެފިކުރު ނައްތާ ނުލެވޭނެކަމަށެވެ.

އެމްއާރުއެމް އުވާލުމުން އެ ޕާޓީގެ އިސް ބޭފުޅުން އެކަން ގަބޫލުނުކޮށް ވިދާޅުވެފައި ވަނީ ޕާޓީ އުވާލާފައި ވަނީ ގަވައިދާ ހިލާފަށް ކަމަށެވެ. އަދި އިލެކްޝަންގެ ނިންމުމާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށާއި އަދި އާހިރުގައި ކާމިޔާބު ހޯއްދަވާނެ ކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

އެމްއާރުއެމްއިން ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިލެކްޝަނުން ވަނީ މިއަދު އަންގައި އެޕާޓީގެ ދަރަންޏެއް ވާނަމަ، އެކަން އެންގުމަށްވެސް ވަނީ ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާއިބްނިސީނާ
އަޅެ ތިޔައީ ސިޔާސީ ޕާރޓީއެއްތަ ނޫނީ ރައްޓެހިންނާއި ތިމާގެ މީހުންގެ ގްރޫޕެއް ހެއްޔެވެ؟ ހަމަ ހުވާ ކްލަބް ޓީނޭޖް ގައިވެސް ނޫނީ މާޒިޔާގައިވެސް ތިޔައަށް ވުރެން ސަޕޯރޓަރުންވެސް ގިނަވާނެއެވެ. ތިޔައީ ފިކުރެއްކަމުގައި ތިޔަ ބުނާނަމަ، ތިޔައީ މާޒީގެ ވެސް މާޒީއެވެ. މިހާރަކު އެސްޓްރޮނޮމީ އާއި ފިލޯސަފީއާއި ބޯދާ ވިސްނުމެއް މިގައުމަކު ނުހިނގާނެއެވެ. ޢަހަރުމެން ކާފައިން ތިޔައީ ދީންވެރިއެއް ކަމަށް ގަބޫލު ކުރިޔަސް މިހާރު މިއެގެނީ ތިޔައީ އޭގެވެސް ސީދާ އިދިކޮޅު ކަމެވެ. ބައި!
ގ ގުއިރޯނު
ފިތުނައިން ފޯކުރި ބޮޑު ސަޓާ އުވިއްޖެ، އުވިއްޖެ އުވިއްޖެ.