ދެވަނަ ނޯޓިސްއަށްފަހުވެސް 3،000 ހަމަ ނުވުމުން އެމްއާރުއެމް އުވާލަން ނިންމައިފި

ދެވަނަ ނޯޓިސްއަށްފަހުވެސް 3،000 ހަމަ ނުވުމުން އެމްއާރުއެމް އުވާލަން ނިންމައިފި

Author
ހުސެއިން
24 މެއި 2023 02:00
0

ކުރީގެ ރައީސް މައުމޫން އުފައްދަވާ އެމަނިކްފާނުގެ ދަރިކަލުން ރައީސްކަން ކުރައްވަމުން ގެންދަވާ އެމްއާރުއެމްއަށް 3،000 މެމްބަރުން ހަމަކުރަން ދިން ދެވަނަ ފުރުސަތުގައިވެސް އެޕާޓީއަށް 3،000 މެމްބަރުން ހަމަ ކުރެވިފައި ނުވާތީ އެޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެމްއާރުއެމްގެ މެމްބަރުންގެ އަދަދު 3،000 އަށްވުރެ އަނެއްކާވެސް ދަށަށް ދިއުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަން އެޕާޓީއަށް 3،000 މެމްބަރުން ހަމަކުރުމުގެ ދެވަނަ ނޯޓިސް ފޮނުވާފައިވަނީ ފާއިތުވި ފެބްރުއަރީމަހުއެވެ.

އެމްއާރުއެމްގެ މެމްބަރުންގެ އަދަދު 3،000 އަށްވުރެ ދަށަށް ދިއުމާއެކު އެޕާޓީއަށް 3،000 މެމްބަރުން ހަމަކުރުމަށް އީސީން 2022 ވަނަ އަހަރުވެސް ނޯޓިސް ފޮނުވާފައި ވެއެވެ. އެފަހަރު ދިން 3 މަހުގެ މުއްދަތު ހަމަވުމުގެ ކުރިން، ފާއިތުވި އަހަރުގެ ޖޫން މަހުގެ ތެރޭގައި އެޕާޓީން ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަކޮށްފައި ވެއެވެ.

އެހެންނަމަވެސް އަނެއްކާވެސް ގާނޫނުގައި ބުނާ އަދަދަށްވުރެ ޕާޓީގެ މެމްބަރުންގެ އަދަދު ދަށަށް ދިއުމާއި ގުޅިގެން އީސީން މެމްބަރުން ހަމަކުރުމަށް އެމްއާރުއެމްއަށް ނޯޓިސް ފޮނުވާފައިވަނީ މިއަހަރުގެ ފެބުރުއަރީމަހުގެ 22 ވަނަ ދުވަހުއެވެ.

ޕާޓީތަކާބެހޭ ގާނޫނުގައި ބުނާގޮތުން އިލެކްޝަންސް ކޮމިޝަނުން ދޭ މުއްދަތުގައި ސިޔާސީ ޕާޓީއަކަށް ގާނޫނުގައި ބުނާ މުއްދަތަށް މެމްބަރުން ހަމަ ނުކުރެވިއްޖެނަމަ އެޕާޓީއެއް އުވާލުމަށް ނިންމުމުގެ ބާރު އީސީއަށް ލިބިގެން ވެއެވެ.

މިގޮތުން ދާދިފަހުން އިލެކްޝަންސް ކޮމިޝަނުންންވަނީ ގާނޫނުގައި ބުނާ އަދަދަށް މީހުން ހަމަނުކުރެވިގެން ދެޕާޓީއެއް އުވާވެސްލާފައެވެ. އެއީ ރައީސް މައުމޫން އެންމެ ފުރަތަމަ އުފެއްދެވި ޑީއާރުޕީއާއި ދާދިފަހުން އުފެއްދި ލިބަރަލް ޕާޓީއެވެ.

އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުގައި ވާގޮތުން 21 ފެބުރުވަރީ 2023ގެ ނިޔަލަށް އެމްއާރުއެމްގައި ތިބި މެމްބަރުންގެ އަދަދަކީ 2،981 މެމްބަރުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމް އުވާލަން ނިންމިއިރު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހަދާނެ ޕާޓީތަކެއް ނިންމުމަށް ބައެއް ސިޔާސީ ޕާޓީތަކާއި އެޕާޓީން ދަނީ ވާހަކަވެސް ދައްކަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލަިބެ
މީހުން ހަމަނުވިޔަސް ގަދަކަމުންވެސް ޕާރޓީ ބޭއްވަެތޯ ބަލާތިއެވެ. ބައްޕަގެ ތަރި މިގައުމުގައި އޮއްސިގެންގޮސް މިހާރު ތަންދޮރު ދަންނަމީހުން މާގުނަވެއްޖެއެވެ. ނުޖޫމީ އިލްމާއި ފަލްސަފާއަށް މީހުން މިހާރަކު ނުހެއްލޭނެއެވެ. ދީންވެސް އެނގޭމީހުން މިހާރަކު ބުރުގާ އަޅާކަށެއް ނުޖެހޭ ބުނީމާ ގަބޫލު ކުރާވަރަށްވުރެން ގިނަވެއްޖެއެވެ. މީހުންގެ ޅަދަރިންވެސް ބުރުގާވެސް އަޅުވައިފިއެވެ. ދެން މިކަމާއި ނޫޅޭށެވެ.
ޔ ޔާރޭ
ކުރީގާވެސް އެޕާޓީގާ މެންބަރުން ހަމަ ކުރީ ކިހިނެއްކަން އެނގޭތޯ؟ އެހެންޕާޓީތަކުން މީހުންލައްވާ ސޮއިކުރުވީ އެޕާޓީ އުފައްދަން ވަގުތީގޮތުން މީހުން ސޮއި ކުރުވައިގެން ޕާޓީ އުފެއްދުމަށްފަހު ދެން އެމީހަކު ހުރި ޕާޓީއަކާ ގުޅުނަސް އޯކޭކަމަށް ބުނެ ގާނޫނީ ގޮތުން އެއްވެސް ބަރުދަނެއް ލިބިގެނެއްނޫން، މީހަމަ ހަގީގަތެއް، އެނގޭތީ ހަމަ މިބުނީ.