އިޓްލޮސްގެ ނިންމުމުން ރާއްޖެއަށް ލިބުނީ އިޔާދަ ނުކުރެވޭނެ ގެއްލުން: އެމްއާރުއެމް

އިޓްލޮސްގެ ނިންމުމުން ރާއްޖެއަށް ލިބުނީ އިޔާދަ ނުކުރެވޭނެ ގެއްލުން: އެމްއާރުއެމް

ގުޅުންހުރި

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ރާއްޖެއާއި މޮރިޝަންސްގެ ކަނޑުގެ ސަރަހައްދު ބަހާނިންމާފައިވާ ނިންމުން ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ލިބުނީ އިޔާދަ ނުކުރެވޭނެ ބޮޑު ގެއްލުމެއްކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުމަކީ ޒަމާނުއްސުރެ ދިވެހިންނަށް ލިބެމުންދިޔަ އިގްތިސާދީ އެތައް ފައިދާތަކަކަށް އުނިކަން ލިބިގެން ދާނެ ނިންމުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި އެހެންވެ، އިޓްލޮސްގެ ނިންމުން އިސްތިއުނާފްކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް މައްސަލަ ހުށަހެޅުމަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެހެން ނަމަވެސް އެ މައްސަލާގައި ވަކި ބަޔަކު ސިޔާސީ މަގުސަދު ހާސިލް ކުރުމަށް މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި މިއީ ސިޔާސީ މައްސަލައަކަށް ނުވާ ނަމަވެސް ސިޔާސީ މައްސަލައަކަށް ހެދުމަށް ބަޔަކު މަސައްކަތް ކުރަމުން އަަން ކަމަށް އެމްއާރްއެމްގެ ބަޔާނުގައިވެއެވެ.

ރާއްޖޭގެ އާކިޕެލެޖިކް ބޭސްލައިނުން ފެށިގެން 200 މޭލުގެ ސަރަހައްދެއް ހާއްސަ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ލިބިދީފައިވެއެވެ. އަދި މީގެކުރިން ދިވެހި ދައުލަތުން މި ސަރަހައްދަށް އުނިކަމެއް އަންނަ ގޮތަކަށް އެއްވެސް ފަރާތަކާ އެއްބަސްވެ ސޮއިކޮށްފައެއް ނެތެވެ. އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައިވާ ގޮތުން މޮރިޝަސްއަށް ޗާގޯސް އައިލެންޑްސް ދިނުމާ ދެކޮޅަށް ރާއްޖެއިން ވޯޓު ދިނުމަށްފަހު އެ ސިޔާސަތު ބަދަލުކޮށް، ދިވެހި ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީގެ ހަގީގަތް ރައްޔިތުންނަށް ހާމަ ނުކުރުމަކީ ފޮރުވިފައިވާ ކަންތައްތަކެއް ވާނެކަމަށް ރައްޔިތުން ދެކޭނެ ކަމެކެވެ.

ރާއްޖޭގެ ސިޔާދަތީ ހައްގަކަށް ކުޑަވެސް އުނިކަމެއް އަންނާނެ އެއްވެސް ނިންމުމަކަށް އެ ޕާޓީން ތާއީދު ނުކުރާނެ ކަަމަށާއި ސަރުކާރުން އެފަދަ އެއްވެސް ނިންމުމެއް ނިންމާފައިވާނަމަ އެ ނިންމުމެއް ބަދަލު ކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ