އާޒިމަށް ބޮޑު ފިޔަވަޅެއް، ޕާޓީން ވަކިކޮށް، ޕާޓީގެ ޓިކެޓެއް ނުލިބޭގޮތަށް ފިޔަވަޅު އަޅައިފި

އާޒިމަށް ބޮޑު ފިޔަވަޅެއް، ޕާޓީން ވަކިކޮށް، ޕާޓީގެ ޓިކެޓެއް ނުލިބޭގޮތަށް ފިޔަވަޅު އަޅައިފި

Author
މުޙައްމަދު ޝަޒައިމް
16 މެއި 2023 11:29
0

އެމްޑީޕީގެ އަސާސީ ޤަވާއިދާއި، އުޞޫލުތަކާއި ޚިލާފަށް ޢަމަލުކުރައްވަމުންދާތީ މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމް އެމްޑީޕީން ވަކިވެފައިވާ ކަމަށް ފިޔަވަޅު އަޅާ ކޮމިޓީން ނިންމައި ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ވާދަކޮށް ޓިކެޓް ނުލިބޭ ގޮތަށް ކަނޑައަޅައިިފިއެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ދެންމެ ނިންމި ނިންމުމުގައި ވަނީ އާޒިމަށް އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވޭނީ އެއް އަހަރު ފަހުންނެވެ. އޭނާއަށް މެމްބަރަކަށް ވެވޭނީ އަލަށް 100 މެމްބަރުން ޕާޓީއަށް ވެއްދުމުގެ ފޯމާ އެކުގައި ކަމަށް ވެސް ކޮމިޓީން ނިންމިއެވެ.

އާޒިމަށް އެޅި ފިޔަވަޅުތައް:

– އެއް އަހަރު ދުވަހަށް ޕާޓީން ވަކިކުރުން
– ފަސް އަހަރަށް އެއްވެސް މަގާމަށް ކުރިމަތި ނުލެވުން
– އެއްވެސް ޕްރައިމަރީއެއްގައި ފަސް އަހަރު ވަންދެން ވާދަނުކުރެވުން
– އެމްޑީޕީއަށް އަލަށް ވަންނަން ބޭނުން ނަމަ ސައްހަ 100 މެމްބަރުންގެ ފޯމު ހުށަހެޅުން

އޭނާއަށް ފިޔަވަޅު އަޅަން ހުށަހެޅީ ޗާގޮސް މައްސަލާގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އިތުބާރު ނެތް ކަމުގެ ވޯޓުތަކުގެ ތެރެއިން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ މައްސަލާގައި ސޮއި ކުރެއްވުމާއި އިދިކޮޅު މުޒާހަރާއާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުންނެވެ.

މިއީ ޕާލަމަންޓްރީ ގްރޫޕުން ހުށަހެޅި ގޮތުގައި އެމްޑީޕީގެ އަސާސީ ގަވައިދުގެ 19 ވަނަ މާއްދާއާ ޚިލާފު އަމަލެކެވެ. އެއީ މެމްބަރު ކަމުން ވަކިވާނެ ކަމަށް ބުނާ މާއްދާއެވެ. މެމްބަރު ކަމުން ވަކިވާ ސަބަބުތަކުގެ ތެރޭގައި އެ މާއްދާގެ ހ. ގައި ބުނެފައި ވަނީ "ޕާޓީގެ މެމްބަރަކު އެމްޑީޕީ ފިޔަވާ އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވުން ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުން" ހިމެނޭ ކަމަށެވެ.

މި މައްސަލާގައި މި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލީ އާޒިމްއާ މެދު ތުހުމަތުކޮށްފައިވާ ކަންކަން އެނާ ކުރައްވާފައިވާކަން ކޮމިޓީއަށް ކަށަވަރުވެފައިވާތީ މި ކަންކަމަކީ، އޭނާ ޕާޓީގެ އަސާސީގަވައިދުގެ 16 ވަނަ މާއްދާގެ (ހ) ގެ އިތުރުން، ހަމަ އެމާއްދާގެ (ރ) އާ ވެސް ހިލާފު އަމަލުތަކެއްކަމުގައި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން އިއްތިފާގުވެއެވެ. އަދި، މަތީގައި ފާހަގަކޮށްފައި އެވާ ކަންކަމަށް ރިއާޔަތްކުރާއިރު، އަލީ އާޒިމް އަސާސީގަވާއިދާ ހިލާފަށް ކޮށްފައިވާ ކަންކަމަކީ އޭނާއާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަންތައްތަކެއް ކަމުގައި ވެސް ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުން އެއްބަސްވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.