ބޮލީވުޑްގެ އެކްޝްން ދެތަރިންގެ ގޮތުގައި މަޝްހޫރު އަކްޝޭ ކުމާރުއާއި ޓައިގާ ޝްރޮޕް ފެނިގެންދާ ފިލްމް ރިލީޒް ކުރާ ދުވަސް އަވަސް ކޮށްފިއެވެ.
ކުރިން އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ގެނެސްދޭ ގޮތަށް އޮތް މި ފިލްމް، މިހާރު ތާވަލުކޮށްކޮށްފައި ވަނީ އަންނަ އަހަރުގެ ފިތުރު އީދަށެވެ. އެހެން ވުމުން މި ފިލްމް އާއި ސަލްމާން ހާންގެ "ޓައިގާ 3″ މުޑި އެރުން އެކަށިގެން ވެއެވެ.
ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓަށް، އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މި އެކްޝަން ކޮމެޑީ އަވަސް ކޮށްފައިވާ އިރުގައި މީ ވަރަށް އުންމީދީ ފިލްމް އެއް ވެސް މެއެވެ.
1989 ވަނަ އަހަރު ވަނީ މި ނަމުގައި ފިލްމެއް ގެނެސްދީފައެވެ. އެ ފިލްމުން ފެނިގެން ދިއައީ އަމީތާބް ބައްޗަން އާއި ގޯވިންދާއެވެ. ގޯވިންދާ ވަނީ އެ ފިލްމްގައި ޑަބަލް ރޯލު ކުޅެފައެވެ.
އަކްޝޭ އާއި ޓައިގާގެ ފިލްމަކީ ވަރުގަދަ އެކްޝަން ތަރިއްލާއެކެވެ. މީގެ ކުރިން ޓައިގާ ވަނީ ރިތިކާއި އެކު އެކްޝަން ފިލްމެއް ކުޅެފައެވެ. އެއީ 2019 ވަނަ އަހަރުގެ "ވޯރ" އެވެ.