ޒަރީރަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައިފި

ޒަރީރަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
02 މެއި 2023 12:12
0

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުއަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

ޒަރީރުއަށް ދިން މި ހަމަލާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށް މި ނުރައްކާތެރި ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެޕާޓީން ވަނީ ގޮވާލާފައެވެ.

މެންބަރު ޒަރީރަށް ބަޔަކު ހަމަލާ ދީފައިވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް ބޭނުންކޮށްގެންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޙަމަލާދިނީ ކޮން އެއްޗަކުންކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. މެންބަރު ޒަރީރަށް ޙަމަލާދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް އާދީއްތަ ދުވަހުގެރޭ ފަތިހު 05:08 ހާއިރުއެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ ތަހުގީގް މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި މިހާތަނަށް އެއްވެސް މީހަކު މިމައްސަލާގައި ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޙަމަލާއާ ގުޅިގެން މެންބަރު ޒަރީރަށް ލިބިވަޑައިގެންނެވި އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލްގައި ވަނީ ފަރުވާވެސް ހޯއްދަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.