20 އެމްބިއުލާންސް ގަންނަން އެސްޓީއޯއާއި ހަވާލު ކޮށްފި

20 އެމްބިއުލާންސް ގަންނަން އެސްޓީއޯއާއި ހަވާލު ކޮށްފި

Author
ހުސެއިން
10 އޭޕްރިލް 2023 10:13
0

ރާއްޖެއަށް ބޭނުންވާ 20 އެމްބިއުލާންސް ގަންނަން ހެލްތު މިނިސްޓްރިން އެސްޓީއޯއާއި ހަވާލު ކޮށްފިއެވެ.

އެމްބިއުލާންސް ގަންނަން ސޮއިކުރި އެއްބަސްުވުމުގައި ވާގޮތުން، އެސްޓިއޯއިން 90 ދުވަހުގެ ތެރޭގައި އެމްބިއުލާސްތައް ރާއްޖެ ގެނެސް ހެލްތު މިނިސްޓްރިއާއި ހަވާލުކުރަން ޖެހެއެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާދިލްއެވެ. އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދާ ދިނުމަށްޓަކާ އެސްޓީއޯއާއި ހަވާލުކޮށްގެން ސަރުކާރުން މިހާރުވެސް ވަނީ 96 އެމްބިއުލާންސް ރާއްޖެ ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.