ފައިނޭންޝަލް ކޮންޓްރޯލާރގެ މަޤާމް އުވާލައި އެކައުންޓަންޓް ޖެނެރަލްގެ މަޤާމް އުފައްދައިފި

ފައިނޭންޝަލް ކޮންޓްރޯލާރގެ މަޤާމް އުވާލައި އެކައުންޓަންޓް ޖެނެރަލްގެ މަޤާމް އުފައްދައިފި

Author
އަޒްފާ ރަޝީދު
04 އޭޕްރިލް 2023 05:27
0

ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމު އުވާލެއްވުމަށްފަހު، އެކައުންޓަންޓް ޖެނެރަލްގެ މަޤާމު އުފައްދަވައި މި މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މަޤާމަށް އައްޔަންކުރައްވާފައިވަނީ ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމު ފުރުއްވަމުން ގެންދެވި މުޙައްމަދު އާޒާދުއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި މަޤާނު އުފައްދަވާފައިވަނީ، ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމު އުވާލެއްވުމަށްފަހުކަމަށެވެ.

އެކައުންޓަންޓް ޖެނެރަލްގެ މަޤާމަކީ މުޅިން އަލަށް އުފެއްދެވި މަޤާމެކެވެ. މި މަޤާމަކީ މާލިއްޔަތު ޤާނޫނަށް ގެނައި އިސްލާހާއެކު، ރައިސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އުފެއްދެވި މަޤާމެކެވެ.

އެކައުންޓަންޓް ޖެނެރަލްގެ މަސްޢޫލިއްޔަތުގެ ތެރޭގައިި ދަޢުލަތުގެ ފައިސާއާއި ހިސާބުތައް އަދި ހިސާބުތަކާގުޅޭ ލިޔެކިޔުންތައް ހިންގާ ބެލެހެއްޓުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.