އެސްޓީއޯގެ ބޯޑު ޑިރެކްޓަރަކަށް ކުރިމަތިލާން ހުޅުވާލައިފި

އެސްޓީއޯގެ ބޯޑު ޑިރެކްޓަރަކަށް ކުރިމަތިލާން ހުޅުވާލައިފި

Author
ޢަލީ އާދަމް
01 އޭޕްރިލް 2023 12:15
0

އެސްޓީއޯގެ ބޯޑު ޑިރެކްޓަރަކަށް ކުރިމަތިލާން އެކުންފުނިން ހުޅުވާލައިފިއެވެ.

ހުޅުވާލާފައިވަނީ އެސްޓީއޯ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރަކު ހޮވުމަށެވެ.

ކުރިމަތިކާ މީހުން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމާއި ހުށަހަޅަންޖެހޭ ލިޔެކިއުންތައް ފުރިހަމަކުރުމަށްފަހު އީމެއިލްކުރުމަށް ނުވަތަ އެ ކުންފުނީގެ ވެބްސައިޓްގައި ގާއިމްކުރެވިފައިވާ ޕްލެޓްފޯމް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 24ވާ ހޯމަ ދުވަހުގެ ހެނދުނު 10:00އެވެ.

އެސްޓީއޯއަކީ ސަރުކާރުގެ ވިޔަފާރި ކުންފުންޏެވެ. ދިވެހިރައްޔިތުން ޙިސާވާ މިކުންފުންޏަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ފައިދާބޮޑު އެއް ކުންފުންޏެވެ. އަދި ހިންގުން އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރޭގައިވެސް އެސްޓީއޯ ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.