ނަޝީދަށް ތާއީދު ކުރާ އިތުރު މީހަކު ވަޒީފާއިން ވަކިކޮށްފި

ނަޝީދަށް ތާއީދު ކުރާ އިތުރު މީހަކު ވަޒީފާއިން ވަކިކޮށްފި

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2023 03:12
0

ދެބައި ވެފައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ސިޔާސީ މަޤާމެއްގައި ހުރި އިތުރު މީހަކު މިއަދު މަޤާމުން ވަކިކޮށްފިއެވެ.

މަޤާމުން ވަކިކޮށްފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަޤާމުގައި ލަބީޤް މުހައްމަދު މާހިދު އެވެ. އެނާ މަޤާމުން ވަކިކޮށް ފައިވަނީ ޤާނޫނު އަސާސީގެ 115 ވަނަމާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންކަމަށް ޗީފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވައި ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލަބީޤު އަކީ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ އިބްރާހިމް ރަޝީދު / ބޮންޑޭ، ހަމަޖެއްސެވި މަޤާމެއް ފުރުއްވަމުންދިޔަ ބޭފުޅެކެވެ.

އެމްޑީޕީ ދެބައި ވެފައިވާއިރު ރައީސް ނަޝީދަށް ތާއިދުކުރާ ސަރުކާރުގެ އިސް ބޭފުޅުން މަގާމުން ވަކިކުރަން ފަށާފައި ވަނީ މިހަފްތާގައެވެ. ފުރަތަމަ މަގާމުން ވަކިކުރީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހުސެއިން އަމުރުއެވެ. އޭގެ ފަހުން ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝީފާޒުވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.