އެޗްޑީސީ ސީއެސްއާރުން ޓީމުން ހުޅުމާލޭގައި ސަގާފީ ހޮޅުއައްޓަކާއެކު ޕާކެއް ހުޅުވައިފި

އެޗްޑީސީ ސީއެސްއާރުން ޓީމުން ހުޅުމާލޭގައި ސަގާފީ ހޮޅުއައްޓަކާއެކު ޕާކެއް ހުޅުވައިފި

Author
ހުސެއިން
29 މާރޗް 2023 06:15
0

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސީއެސްއާރް  ޓީމުން ހުަޅުމާލޭގެ 704 ފްލެޓު ސަރަހައްދުގައި ޕާކެއް ހަދައި ހުަަަޅުވައިފިއެވެ.

މި ޕާކު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވާދެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. މި ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ އަހުމަދު އާތިފާއި ކުންފުނީގެ ބައެއް އެހެން އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތާއި އެކު އެޗްޑީސީން ވަނީ އެ ސަރަހައްދުގެ ރައްޔިތުންނަށް ތަރާވީހެއްވެސް ބާއްވާފައެވެ.

ހުޅުމާލޭގެ ރައްޔިތުންނަށް ހިތްގައިމު މާހައުލެއް ގާއިމްކޮށްދިނިމުގެ ގޮތުން އެޗްޑީސީން ޕާކެއް ހަދާފައި ވަނީ 704 ފްލެޓު ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލް ފަހަތުގައެވެ.

ދިވެހި ތާރީހު ދައްކުވައިދޭ ތަފާތު ކުރެހުންތަކާއި އެކު ހަދާފައިވާ މި ޕާކުގެ އެންމެ ހާއްސަ ކަމަކީ ކާބަފައިންގެ ޒަމާން ތަޖުރިބާކޮށްލެވޭ ގޮތަށް ފަރުމާކޮށް ހަދާފައިވާ ހޮޅުއައްޓެކެވެ.

މީގެ އިތުރަށް ކުޑަކުދިން ކުޅެން ހާއްސަކޮށްފައި މިނީ ފުޓްސަލް ދަނޑެއްވެސް މި ޕާކުގައި ހަދާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙަގީގީ
މާރީތިވާނެ މިއޮއް ރޯދަމަހު ފޭސް 2ގައި ނަމާދު ކޮށްލެވޭނެ މިސްކިތެއް ހުޅުވިއްޔާ އެއްތަނަކަށް އެތައް ބަޔަކު ގެންގޮސް އަޅާލާފައި ބޭތިއްބީމަ ނިމުނީތަ؟ ތަރާވީސްކޮށްލަންވެސް މިޖެހެނީ މާލެ ނޫނީ ފޭސް1 ދާން