މާލެ ސަރަހައްދުގައި މިއަހަރު ތަރާވީސް ނަމާދުކުރެވޭނީ އިސްލާމީ މަރުކަޒާއި އެކު އިތުރު 25 މިސްކިތެއްގައިކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ އިތުރުން، ކިންގް ސަލްމާން މިސްކިތް، ނޫރު މިސްކިތް، ފުރުޤާން މިސްކިތް ޒިކުރާ މިސްކިތް އަދި އިތުރު މިސްކިތްތައް ހިމެނެއެވެ. މިއަހަރުގެވެސް އިސްލާމީ މަރުކަޒުގެ އެންމެ ތިރީ ފަންގިފިލާގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.
މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މާދަމާކަމުން، މިރޭ މިސްކިތްތަކުގައި ތަރާވީހު ނަމާދު ކުރަން ފަށާނެއެވެ.
ކޮންމެ އަހަރަކުވެސް މާލޭ ސަރަޙައްދުގައި ތަރާވީހް ނަމާދު ކުރަނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ވަކި މިސްކިތްތަކެއްގައެވެ. މީގެތެރޭގައި ވީހާވެސް ގިނަ މީހުންނަށް އެއްފަަހަރާ ނަމާދަށް އެރޭ މިސްކިތްތައް ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ރަމަޟާންމަހު މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ހިފްޒުކޮށް ތަރާވީހު ނަމާދުކުރާނެ މިސްކިތްތައް ކަނޑައަޅާފައެވެ. މީގެތެރޭގައި ހިމެނެނީ މާލޭގެ 16 މިސްކިތާއި ހުޅުމާލޭގެ 9 މިސްކިތް އަދި ވިލިމާލޭގެ 1 މިސްކިތެވެ.
ކޮމެންޓު ފޮނުވާ