ބާޒާރުގައި ލުނބޯގެ އަގު ބޮޑުވުމާ ގުޅިގެން، އެސްޓީއޯއިން ލުނބޯ އެތެރެކުރުމަށްފަހު ކާބޯތަކެތީގެ އަގު ބޮޑުނުކުރުމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު އިލްތިމާސްކުރައްވައިފިއެވެ.
ރޯދަމަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ބާޒާރުގައި ކާބޯތަކެތީގެ އަގު މައްޗަށް ދެއެވެ. އޭގެތެރެއިންވެސް ޢާންމުގެ ޑިމާންޑު އެންމެބޮޑު ބާވަތްތައް ލިބުން ދަތިވެ އާދަޔާޚިލާފަށް އަގުބޮޑުވާ މައްސަލަ ކުރިމަތިވެއެވެ. މިކަން ޙައްލުކުރުމަށް އެސްޓީއޯއިން ކޮންމެ އަހަރަކުވެސް މަސައްކަތް ކުރެއެވެ. އެގޮތުން މިއަހަރުވެސް ޢާންމުކޮށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތަކުގެ އަގު ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން އަންނަނީ މަސައްކަތްކުރަމުންނެވެ.
ލުނބޯގެ އަގު ބޮޑުވުމުން އަގު ދައްކުރުމަށްޓަކާ އެސްޓީއޯއިން ލުނބޯ އެތެރެކޮށްފިން.
އާންމު ކާބޯތަކެތީގެ އަގުތައް ބޮޑު ނުކުމަށް އެންމެ ފަރާތްތަކުގެ ކިބައިން އެދެން. https://t.co/JgZLz9yt2E— Amr 🎈 (@HusenAmr) March 20, 2023
އެގޮތުން ބާޒާރުގައި ލުނބޯ އަގު ބޮޑުވުމުން އެސްޓީއޯއިން ވަނީ ލުނބޯ އެތެރެކޮށް އަގު ހެޔޮކޮށް ވިއްކަން ފަށާފައެވެ. އިންޑިއާ އިން ގިނަ އަދަދެއްގެ ލުނބޯ ގެނެސް ވިއްކަން ފެށީ ރޯދަމަހާ ދިމާކޮށް ލުނބޯގެ އަގު ބޮޑުވެފައިވާތީކަމަށް އެސްޓީއޯއިން ބުނެއެވެ.
މިފަހުން ލުނބޯ ކިލޯއެއްގެ އަގު ވަނީ 40 ރުފިޔާއިން މައްޗަށް އަރާފައެވެ. އަދި ބައެއް ދުވަސްދުވަނު 80 ރުފިޔާ އާއި 90 ރުފިޔާ އާ ދެމެދުގެ މިންވަރަކަށްވެސް އަގު މައްޗަށް ދެއެވެ. އިންޑިއާއިން ލުނބޯ އެތެރެކުރުމަށްފަހު އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކަނީ 60 ރުފިޔާއަށެވެ.
ކޮމެންޓު ފޮނުވާ