ލަންކާގައި އުޅޭ ދިވެހިންނަށް ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ލަންކާގައި އުޅޭ ދިވެހިންނަށް ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2023 03:04
0

އަވައްޓެރި ސްރީލަންކާގައި ސަރުކާރުން ހިންގަމުން އަންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ) ނުވަތަ ސޯސަންވިލާއިން ލަންކާގައި އުޅޭ ދިވެހިންނަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ މި މުބާރާތަކީ ލަންކާގައި ދިރިއުޅެމުންދާ، ވިސާ އޮތް ކޮންމެ ދިވެއްސަކަށްވެސް ފުރުސަތު އޮތް މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ސޯސަންވިލާ އިން މިހާރު ދަނީ ދޫކުރަމުންނެވެ. އަދި ސޯސަންވިލާގެ ފޭސްބުކް ޕޭޖުން ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

އެމްއީސީސީގެ ގިނަ ދަރިވަރުންނާއި ލަންކާގައި އުޅޭ އާންމުންވެސް ބައިވެރިވާ މިމުބާރާތް އޮންނާނީ އަންނަ މެއި މަހުގެ 13,14 މި ދެދުވަހުއެވެ. ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭ މި މުބާރާތުގައި ބައިވެރިވުމުގެ އުމުރުފުރާ ތަކަކީ 7 އަހަރުންދަށް، 9 އަހަރުންދަށް، 11 އަހަރުންދަށް، 13 އަހަރުންދަށް، 15 އަހަރުންދަށް، 18 އަހަރުންދަށް އަދި 18 އަހަރުން މައްޗެވެ. މުބާރާތުގެ މުޤައްރަރާރާއި ގަވައިދުވެސް ސޯސަންވިލާއިން މިހާރު ވަނީ އާންމުކޮށްފައެވެ.

ކޮންމެ އަހަރަކު ސޯސަންވިލާއިން ބާއްވާ މި މުބާރާތުގައި ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.