ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެސްޓީއޯއިން ރޯދައަށް ޚާއްސަ މާޓެއް ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެސްޓީއޯއިން ރޯދައަށް ޚާއްސަ މާޓެއް ހުޅުވައިފި

Author
ހުސެއިން
17 މާރޗް 2023 08:50
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެސްޓީއޯއިން ރޯދަމަހަށް ޚާއްސަކޮށް "ރޯދަ މާރޓު"ގެ ނަމުގައި ފިހާރައެއް ހުޅުވައިފިއެވެ. އެސްޓީއޯގެ ރޯދަ މާރޓު މިއަދު ހުޅުއްވާ ދެއްވާފައިވަނީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެއިން އަމުރުއާއި އެޗްޑީސީގެ އެމްޑީ އަހުމަދު އާތިފްއެވެ.

އެސްޓީއޯއިން ހުޅުވި މި ފިހާރަ ހުޅުވާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ނުވައެއްގައެވެ. އެސްޓީއޯއިން އެތެރެކުރާ ކާބޯތަކެތީގެ ގިނަ ބާވަތްތައް ހޯލްސޭލްކޮށްނާއި އަދި ރީޓެއިލްކޮށްވެސް ލިބޭނެ އިންތިޒާމްވަނީ މި މާރޓުގައި ވަނީ ހަމަޖައްސާފައެވެ. އަދި ރޯދައަށް އެންމެ ޑިމާންޑު މަތިވާ ބާވަތްތައް ކަމަށްވާ ފިޔާ އަލުވި އަދި ބިސްވެސް މި ފިހާރާގައި ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ. އަދި އެސްޓީއޯއިން ބުނެފައިވަނީ މި ފިހާރައިން، ރޯދަ ވީއްލުމަށް ބޭނުންކުރާ ހެދިކާފަދަ ބާވަތްތައްވެސް ބެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސާފައި ވާކަމުގައެވެ.

އެސްޓީއޯއިން ހުޅުމާލޭ ދެވަނަ ފޭސްގައި ހުޅުވި މި ފިހާރައިގެ އިތުރުން އެކުންފުނިން ދަނީ އިތުރު ދެ ސަރަހައްދަކުންވެސް ހޯލްސޭލްކޮށް ތަކެތި ވިއްކަމުންނެވެ. އެއީ އިންޑަސްޓްރިއަލް ވިލެޖުންނާއި އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރުންނެވެ. އޭގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިންވެސް ދަނީ ރީޓެއިލްކޮށް ތަކެތި ވިއްކަމުންނެވެ.

ކޮންމެ ރޯދަމަހަކާއި ދިމާކޮށްވެސް އެސްޓީއޯއިން ދަނީ ކާބޯތަކެތީ އަސާސީ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް، ތަކެތީގެ އަގު މަތިވެގެންދިޔަ ނުދީ ހިފެހެއްޓުމަށް ބާޒާރުގައި ތަކެތި ލިބެން ހުންނާނެކަން ޔަގީން ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.