އަމީނީމަގު ހެދުމުގެ އެއްބަސްވުމާއި ކުރެހުން ސިއްރެއް ނުކުރެވޭނެ: ހައި ކޯޓް

އަމީނީމަގު ހެދުމުގެ އެއްބަސްވުމާއި ކުރެހުން ސިއްރެއް ނުކުރެވޭނެ: ހައި ކޯޓް

ގުޅުންހުރި

ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތަފުސީލު ހާމަކުރުމަށް އެ މިނިސްޓްރީއަށް އިންފޮމޭޝަން ކޮމިޝަނުން އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރަން ސަރުކާރުން ހެދި އެއްބަސްވުމާއި ކުރެހުންތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމުން އެ މައްސަލަ އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅީ ޕްލޭނިން މިނިސްޓްރީންނެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެގްރިމެންޓާއި ކުރެހުން ހޯދުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅީ އާންމު ފަރާތަކުންނެވެ.

ހައި ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ޕްލޭނިން މިނިސްޓްރީއިން މައުލޫމާތު ހާމަނުކުރުމަށް ނިންމި ނިންމުމަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތަކީ އިސްތިސްނާ ހާލަތަށް ފެތޭ މައުލޫމާތެއްކަން އައިކޮމްއަށް ސާބިތުކޮށްދީފައިވަނިކޮށް އައިކޮމްއިން އެކަމަށް ރިއާޔަތް ނުކޮށް ނިންމި ނިންމުމަކަށް ވާތީ ކަމަށް ބުނި ނަމަވެސް އެކަން އެ މިނިސްޓްރީއަށް ކޯޓުގައި ސާބިތުކޮށްދީފައި ނުވާ ކަމަށެވެ. އަދި އާރުޑީސީއަކީ ވެސް ދައުލަތުގެ އިދާރާގެ ތެރޭގައި ހިމެނޭނެ ކަން ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުމަށް ހައި ކޯޓުން ތާއީދުކުރީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއުއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާ އަށެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ