ރޯދައަށް، ހިޔާ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހަދަނީ

ރޯދައަށް، ހިޔާ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހަދަނީ

ފާއިތުވެދިޔަ އަހަރެކޭ އެއްފަދައިން، މިއަހަރުގެ ރޯދަމަހަށްވެސް، ހުޅުމާލޭ ފޭސް 2ގެ ހިޔާ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހެދުމަށް އެޗްޑީސީން ނިންމައިފިއެެވެ.

އެޗްޑީސީން ބުނެފައިވަނީ، މި ވަގުތީ މާރުކޭޓުގައި 18 ގޮޅިއެއް ހެދުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 9 ގޮޅިއެއް ޚާއްސަކުރުމަށް ހަމަޖެހިފައިވަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ކަމުގައެވެ. ބާކީ 9 ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ހުޅުވާލެވި އިއުލާން ކޮށްގެންނެވެ.

އެޗްޑީސީން ބުނެފައިވަނީ، ރޯދަމަހަކީ މިފަދަ ޚިދުމަތްތަކަށް އޮންނަ ޑިމާންޑު ބޮޑުވާ މަހަކަށް ވުމާއެކު، މިކަމުގެ ސަބަބުން ހިޔާ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ލިބިގެންދާނެ ދަތިތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން، މާލޭ ސިޓީ ކައުންސިލަށްވެސް ހުޅުމާލޭ ފޭސް 2ގައި ވަގުތީ މާރުކޭޓެއް ހެދުމަށް މިހާރު ބިން ހަމަޖައްސާދީފައިވާކަމަށެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، ވިނަރެސް އިމާރާތުގެ ކޮމާޝަލް ބްލޮކްގައި އެސްޓީއޯގެ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ޔުނިޓެއް ކަނޑައެޅި ފާއިތުވެދިޔަ މަހުވަނީ ހަވާލު ކުރެވިފައެވެ.

ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމަކީވެސް އެ ކޯޕަރޭޝަންއިން ބަލައިގަންނަ ކަމަކަށް ވެފައި، އެފަދަ ހުރިހާ ކަމެއްގައިވެސް، ހުރިހާ މުވައްސަސާއަކަށްވެސް އެ ކޯޕަރޭޝަންގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދޭކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *