ވާދަކުރަން މިޖެހެނީ ހަމައެކަނި އެމްޑީޕީ އަކާއިނޫން، ދުނިޔޭގަ އޮތް ބިޔަބޮޑު ޤައުމަކާއި: އަދުރޭ

ވާދަކުރަން މިޖެހެނީ ހަމައެކަނި އެމްޑީޕީ އަކާއިނޫން، ދުނިޔޭގަ އޮތް ބިޔަބޮޑު ޤައުމަކާއި: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
26 ނޮވެމްބަރ 2020 11:14
0

އިދިކޮޅު ކޯލިޝަނުން މިއަދު ވާދަކުރަން ޖެހިފައިވަނީ ހަމައެކަނި އެމްޑީޕީއާއި ނޫންކަމަށާއި، ދުނިޔޭގައި އޮތް އެންމެބޮޑު ބިޔަ އިންޑިޔާއާއިވެސް ވާދަކުރަން ޖެހިފައިވާކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީނަށް ނުހައްގުން އެތައް އަނިޔާއެއްކޮށް އެމަނިކުފާނު ޖަލަށް ލާފައިވަނީ ރާއްޖޭގެ ރައްޔިތުން ނިކަމެތި ކުރުމަށްކަމަށެވެ. މިއަދު މިކަން ކުރަމުންދަނީ ދުނިޔޭގައި އޮތް އިސްލާމީ އުންމަތާއި އެންމެ ދެކޮޅު އެއް ޤައުމުގެ ވެރިޔާގެ މޭސްތިރިކަމުގެ ދަށުންކަމަށެވެ. ޕީޕީއެމް ޕީއެންސީއަށް ކުރިއަށް އޮތް ދުވަސްތަކަކީ އުދަނގޫ ދަތި ދުވަސްތަކެއްކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ ގޮންޖެހުން ކިތަންމެ ގިނަކަމުގައި ވީނަމަވެސް ހިއްވަރާއިއެކު މަސައްކަތް ކޮށްފިނަމަ މިސަރުކާރު ބަލި ކުރެވޭނެ ކަމަށެވެ.

މިއަދު އިދިކޮޅު ފަރާތްތަކަށް ވާދަ ކުރަން ޖެހިފައިވަނީ ހަމައެކަނި އެމްޑީޕީއާއި ނޫންކަމަށާއި، ބިޔަ ބޮޑު އިންޑިޔާއާއިވެސް ވާދަކުރަން ޖެހިފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަޅުގަނޑުމެން ވާދަކުރަން މިޖެހެނީ ހަމައެކަނި އެމްޑީޕީއަކާއިނޫން. އަޅުގަނޑުމެން ވާދަކުރަން މިޖެހެނީ ދުނިޔޭގަ އޮތް ބިޔަބޮޑު ޤައުމަކާއި. ނުބައި ނުލަފާ ޤައުމަކާއި، އަޅުގަނޑުމެން އަތުގައި ވަރުގަދަ ހަތިޔާރެއް އެބައޮތް. އަޅުގަނޑުމެން އަތުގައި އޮތީ ދުޢާ. ދުނިޔޭގައި މިއަދު އޮތް އިސްލާމީ އުންމަތުގެ އެންމެބޮޑު އަދާވާތްތެރިޔަކީ އިންޑިޔާގެ ބޮޑުވަޒީރު މޯދީ. ނަތަންޔާހޫ އަށްވުރެ ނުބައި މީހެއް މޯދީ އެއީ.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޖޭގައި މިހާތަނަށް ދެކެފައިވާ އެންމެ ހިތްވަރުގަދަ ލީޑަރަކީ ރައީސް ޔާމީންކަން އެމަނިކުފާނު ސާބިތު ކޮށްދެއްވާ ފައިވާކަމަށެވެ. ސިޔާސީ އެކި ބޭފުޅުން ޖަލަށް ލުމުން އުނަގަނޑުގައާއި، މައިބަދައިގައި ރިއްސައިގަނެ ޖަލުން ފިލައި ޤައުމު ދޫކޮށް ފިއްލެވިޔަސް ރައީސް ޔާމީނަކީ ދިވެހި ރައްޔިތުންނާއި ދުރަށް ދިވެހި ފަސްގަޑާއި ވަކިވާން އެދޭނެ ބޭފުޅެއްނޫންކަން އެމަނިކުފާނު ސާބިތު ކޮށްދެއްވާފައިވާ ކަމަށެވެ.

އަދި މިސަރުކާރުން ޖަލަށްލައި އަނިޔާކޮށްގެން އެމަނިކުފާނުގެ ހިއްވަރެއް އަޒުމެއް ބަލި ނުކުރެވޭނެކަން ވަރަށް ސާބިތު ކަމާއިއެކު ހާމަކޮށްދީ މިސަރުކާރަށް ރަނގަޅު މެސެޖްތަކެއް ރައީސް ޔާމީން ދެއްވަމުންދާކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ގޮންޖެހުންތަކާއިއެކުވެސް ނިކުމެ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަންޖެހޭ މަަސައްކަތް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަކީ ސްޓިއަރިން ކޮމިޓީތަކާއި، މުޅި ދިވެހި ރައްޔިތޔުންގެ ކޮޑުގައި އެޅިފައިވާ ބޮޑު ޒިންމާއެއްކަމަށެވެ. އަދި މިކަން ކުރުމުގައި ފަސްނުޖެހި ސާބިތުވުމަށް އަބްދުއްރަހީމް ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.