ބަންޑާރަ ނައިބު އަހުމަދު އުޝާމް.

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އާރުޑީސީ އުވާލަންޖެހޭ: އުޝާމް

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އާރުޑީސީ އުވާލަންޖެހޭ: އުޝާމް

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގައި ހުރި ބޭކާރު ކުންފުނިތަކުގެ ތެރެއިން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، (އާރުޑީސީ) އުވާލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު 7 މަސް ދުވަހުގެ ތެރޭގައި ހަދަން ހަވާލުވި އަރުޑީސީއަށް އެކަން ނުވެ، އެމްޓީސީސީއާއި ހަވާލު ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އާރުޑީސީއަށް އަމާޒުވެފައެވެ. ޚާއްސަކޮށް އެކުންފުނީގެ އެމްޑީ މޫކޭ މީގެ ކުރިން މަގު ހެދުމާއި ގުޅޭގޮތުން ދައްކާފައިވާ ވާހަތަކާއި، މިހާރު ކަން ވެފައިވާ ގޮތާއި ދިމާނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މިމައްސަލާގައި ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ނުވެ އެމްޓީސީސީއާއި ހަވާލު ކުރަން ޖެހުނު ހިސާބުން އާރުޑީސީ އުވާލަން ޖެހޭކަން ހާމަވާކަމަށެވެ. ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް މިފަދަ ބޭކާރު ކުންފުނިތައް އުވާލުމަކީ ރައްޔިތުންނަށްވެސް އެކަމުން ބޮޑު ފައިދާއެއް ކުރާނެ ކަމެއްކަމަށް އުޝާމް ވިދާޅުވިއެވެ.

މިކަމުންވެސް އެނގެނީ RDC އަކީ އުވާލަންޖެހޭ ކުންފުންޏެއްކަން. މިފަދަ ބޭކާރު ކުންފުނިތައް އުވާލުމުން ދައުލަތަށް ލިބޭ ޓެކްސް ފައިސާއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ. މިއީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް މިހާރުވެސް ކުރަންވެއްޖެ ކަމެއް.

– އުޝާމް ވިދާޅުވިއެވެ.

އަމީނީ މަގުގެ އެންމެ އިރުން ފެށިގެން ސްޓެލްކޯ އިމާރާތް ނިމޭ ހިސާބަށް، ތިން ދުވަސް ތެރޭގައި ތާރުއަޅައި ނިންމާލާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އަމީނީ މަގުގައި ހުރި މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން މިދިޔަ އހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަގުގެ މަސައްކަތްތައް ފެށިއެވެ. ނަމަވެސް މަގު ހެދުމަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވިއެވެ. ޚާއްސަގޮތެއްގައި އަމީނީ މަގުގައި ހުރި ބޮޑެތި ގަސްތަކުގެ މޫތައް ނެގުމަށާއި މަގު އަޑީގައި އަޅާފައި އޮތް ހޮޅިތައް އަލުން އެއްވަރު ކުރުމުގެ މަސައްކަތްވީ ބޮޑު މަސައްކަތެކެވެ. މިކަމުގެ ސަބަބުން އަމީނީ މަގު ނިންމަން އޮތް ތާރީޚްވެސް ފާއިތުވެގެން ދިޔައެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެދަށުން 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅަންޖެހެއެވެ. މި މަސައްކަތް އާރުޑީސީން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ސެގްމެންޓް 4ގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތްތައްކަމަށް އާރުޑީސީން ވަނީ ހާމަކުރައްވާފައެވެ. އަދި އަމާޒަކީ ސެޕްޓެމްބަރުމަހަށް އަމީނީ މަގުގައި ތާރުއަޅާ އެއްކޮށް ނިންމާލުމެވެ.

މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 3 ޖުލައި 2022ގައެވެ. މި މަސައްކަތަށް 84.4 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *