ހިޔާ ކޮމިއުނިޓީތަކާއި އެޗްޑީސީ ގުޅިގެން ހިޔާ ބީޗް ސާފުކޮށްފި

ހިޔާ ކޮމިއުނިޓީތަކާއި އެޗްޑީސީ ގުޅިގެން ހިޔާ ބީޗް ސާފުކޮށްފި

ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ހިޔާ ކޮމިއުނިޓީ ހިމެނޭހެން އެޗްޑީސީއާއި ގުޅިގެން ހިޔާ ބީޗް އޭރިއާ އަދި ލެގޫން އޭރިއާ ސާފުކުރުުމުގެ އިވެންޓެއް ބާއްވައިފިއެވެ.

މިއަދު ހެންދުނު ބޭއްވި މި އިވެންޓުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފް ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާ ބީޗް ސާފު ކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ

ހުޅުމާލެ ދެވަނަ ފިޔަވައްސައް މީހުން އާބާދުވަމުން އައުމާއިއެކު މިސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ އަސާސީ އެންމެހާ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެޗްޑީސީގެ ފަރާތުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސރަހައްދުގެ ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތަކާއި އަދި މި ނޫންވެސް އެހެނިހެން ގިނަ ހިދުމަތްތަކެއް އެޗްޑީސީން ވަނީ ފޯރުކޮށްދީފައެވެ.

އެޗްޑީސީން ބުނެފައިވަނީ މީގެ އިތުރުންވެސް މި އަހަރުތެރޭގައި ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އެކޯޕަރޭޝަނުން ނިންމާފައި ވާކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *