ޒުވާނުން ތަމްރީންކުރުމަށް އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ބާއްވައިފި

ޒުވާނުން ތަމްރީންކުރުމަށް އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ބާއްވައިފި

ޒުވާނުން ތަމްރީން ކުރުމަށް އެޗްޑީސީން ކުރިޔަށް ގެންދާ އެޕްރެންޓިސްޝިޕް ބާއްވާއިފިއެވެ.

މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އެޗްޑީސީގެ ފަރާތުން ހުއްޓުމެއްނެތި ހިންގާ މިފަދަ ފަސްވަނަ ޕްރޮގްރާމެވެ. އަދި މި އަހަރުގެ ޕްރޮގްރާމްގައި 72 ބައިވެރިން ވަނީ މި ޕްރޮގްރާމް ނިންމާ ސަނަދު ހާސިލްކޮށްފައެވެ. މި ޕްރޮގްރާމް 4 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނުއިރު، ޕްރޮގްރާމްގައި 10 ދާއިރާއަކުން ބައިވެރިން ވަނީ ތަމްރީން ކުރެވިފައެވެ. މި ދާއިރާތަކުގެ ތެރޭގައި ހެވީ ވެހިކަލް، ވެލްޑިންގ، މޭސަނަރީ، ގާރޑަނިންގ، އިލެކްޓްރިކަލް، ބިލްޑިންގ މެއިންޓެނަންސް، ކާޕެންޓްރީ، ޕްލަމްބިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަން މެކޭނިކް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާ ހިމެނެއެވެ.

އެޗްޑީސީން ހާމަ ކޮށްފައިވާ ގޮތުގައި، މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އެޗް.ޑީ.ސީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި އެކު ސޮއި ކޮށްފައިވާ ފަހުމްނާމާއެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދެވިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑް ބެންކްގެ ފަންޑް "ކޮވިޑް -19 އެމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ އެހީއާއެކުގައެވެ. އަދި ތަމްރީނުދޭ އިންސްޓްޓިއުޓެއްގެ ގޮތުގައި އެމް.އައި.ޓީ ހަމަޖައްސަވާފައި ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުންނެވެ.

މި ޕްރޮގްރާމަގައި އެޗްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ ވިދާޅުވެފައި ވަނީ 3000 ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ފަށާފައިވާ އަމާޒުގައި އެޗް.ޑީ.ސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމާއި ޤައުމު ތަރައްޤީ ކުރުމުގައި، ޤައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗް.ޑީ.ސީން ކުރާނެކަމުގައެވެ.

އަދި 2022 ވަނަ އަހަރު ނެޝަނަލް އެޕްރެންޓިޝިޕް ޕްރޮގްރާމްގައި އެއްމެ ގިނަ އަދަދަކަށް ޒުވާނުން ތަމްރީން ކުރުމުގެ ޝަރަފު ހާސިލްކޮށްފައިވަނީ އެ ކޯޕަރޭޝަނުންކަންވެސް އޭނާ ފާހަގަކޮށްފައި ވެއެވެ.

ރާއްޖޭގައި ތަފާތު ގިނަ ދާއިރާތަކުން ފަންނީ، ހުނަރުވެރި، ޤާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުން ކުރިއެރުވުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދީ އެކަމަށް މަގުފަހި ކޮއްދިނުމަކީ އެޗްޑީސީއިން ވަރަށް ބޮޑު އަހައްމިއްޔަތެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.

މިގޮތުން ކޮންމެ އަހަރަކު  އެޗްޑީސީގެ ފަރާތުން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުންނަށް މަސައްކަތުގެ ތަޖުރިބާ ލިބި ގައުމީ ފެންވަރުގެ ސަނަދެއް ހާސިލުކުރުމަށް ދެވޭ ރަނުގެ ފުރުސަތެކެވެ.

އެޗްޑީސީން ބުނެފައިވަނީ، ޕްރޮގްރާމްގެ މަޤުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް އިޚްތިޔާރު ނުކުރެވި ނުވަތަ ކުރިއަށް ދާންބޭނުންވާ ދާއިރާއިން ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވައިދިނުން ކަމުގަމެވެ. އަދި ވަޒީފާގެ ބާޒާރުގައި ޒުވާނުންނަކީ ފަސްނުޖެހި، އެ ވަޒީފާއެއްގެ އަމަލީ މަސައްކަތްތައް ދަންނަ ޤާބިލް ބަޔަކަށް ހެދުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *