ޖެނުއަރީ މަހު އާސަންދައިގެ ޚަރަދު ބޮޑުވީ އެމްޑީޕީގެ ޕްރައިމަރީއާ ގުޅިގެންތޯ ބަލަންޖެހޭ: ނަޝީދު

ޖެނުއަރީ މަހު އާސަންދައިގެ ޚަރަދު ބޮޑުވީ އެމްޑީޕީގެ ޕްރައިމަރީއާ ގުޅިގެންތޯ ބަލަންޖެހޭ: ނަޝީދު

Author
ޢަލީ އާދަމް
07 ފެބްރުއަރީ 2023 02:52
0

މިއަހަރުގެ ޖެނުއަރީ މަހު އާސަންދައިން ކުރި ޙަރަދުތައް، މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު އިތުރު ވެފައިވާ ކަމަށާ، އެކަން އެހެން ވެފައިވަނީ ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއާ ގުޅިގެންތޯ ބަލަންޖެހޭކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެންނެވެ. ނަފްސާނީ ދުޅަ ހެޔޮކަމާއި ގުޅޭ ގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ހުށަހެޅުއްވި ގަރާރުގެ ބަޙުސް މަރުޙަލާގައި ނަޝީދު ވިދާޅުވީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ހަރަދުތަކާއި މި އަހަރުގެ ހަރަދުތަކާއި އަޅާ ބަލާއިރު ބޮޑު ތަފާތެއް ދައްކާކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ޖެނުއަރީ މަހުގެ އާސަންދައިން 67.9 މިލިޔަން ޚަރަދުކޮށްފައިވާއިރު، މި އަހަރުގެ ޖަނަވަރީ މަހު 283.4 މިލިޔަން ހަރަދުކޮށްފައިވާކަމަށެވެ. އެހެންވީމާ މިދިޔަ އަހަރުގެ ޖެނުވަރީ މަހާއި މި އަހަރުގެ ޖެވަރީ މަހާއި އަޅާބަލާއިރު ހަތަރު ގުނައިން ބަލިމީހުން އިތުރުވެގެން ހިނގައްޖެކަމަށް ދައްކާކަމަށާ، ދެން އެއީ އެތެރޭގެ އިންތިޚާބަކާއި ގުޅިގެން އައި ބަދަލެއް ތޯ ނުވަތަ ހަގީގަތުގައި ވެސް ބަލިމީހުން ހަތަރު ގުނައަށް އިތުރުވެގެން ދިޔައީތޯ މިއީ ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ސުވާލެއްކަމަށް ނަޝީދު ވިދަޅުވިއެވެ. 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.