ފާއިތުވެދިޔަ އަހަރު ނިމެމުން ދަނިކޮށް، ރައްޔިތުންގެ މަޖިލިހުން ފާސް ކޮށްފައިވާ ޓެކްސް ބޮޑު ކުރުމުގެ ބިލު މަޖިލީހުން ފާސް ކުރުމަށް އެމްޑިޕީގެ ޕާލަމެންޓްރީ ގުރޫޕުން ނެރުނު ތުރީ ލައިން ވިޕާއި ޚިލާފްވެގެން، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފިޔވަޅު އަޅައިފިއެވެ.
ތުރީ ލައިން ވިޕާއި ޚިލާފްވެގެން ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން އަލި އާޒިމަށް އަޅާފައިވާ ފިޔަވަޅަކީ، ދެން އެފަދަ އަމަލެއް ތަކުރާރު ނުކުރުމަށް އަންގާ ނަސޭހަތްތެރި ވުމެވެ.
އެމްޑިޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް 16 ނޮވެމްބަރު 2022ގެ ތާރީޚުގައި ސޮއިކުރައްވާ، އެހެންނަމަވެސް މިއަދު އަލީ އާޒިމަށް ރައްދު ކޮށްފައިވާ ސިޓީގައި ބުނެފައިވަނީ، ފާއިތުވި އަހަރުގެ ނޮވެމްނަރު މަހުގެ 16 ވަނަ ދުވަހު، ޓެކްސް ބޮޑު ކުރުމުގެ ބިލް މަޖިލީހުން ފާސްކުރުމަށް ނެގުނު ވޯޓުގައި، އެ ބިލަށް ވޯޓު ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނެރުނު ތުރީ ލައިން ވިޕާއި އަލީ އާޒިމް ޚިލާފު ވެފައިވާ ކަމުގައެވެ.
ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރަން ވޯޓް
ނުދިނުމުން އަޅުގަނޑު ކުރީ ކުށެއްކަމަށްބުނެ ފިޔަވަޅު
އަޅައިފި. ސިޓީ ލިބުނީ ބަރަވެލި ދުވެލީގަ މިއަދު. ސޮއިކުރި
ތާރީހް ކަމަށް އޮތީ 16 ނޮވެމްބަރު 2022 pic.twitter.com/DSf707ra3V
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) February 5, 2023
އެހެންނަމަވެސް، އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ހިންގާ ގަވާއިދުގެ 39 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ތުރީ ލައިން ވިޕެއް ކަނޑައަޅައިފިނަމަ، ޕާލަމެންޓްރީ ގުރޫޕުގެ ކޮންމެ މެމްބަރެއް މަޖިލީހަށް ހާޒިރު ވުމަށާއި، ކަނޑައެޅިފައިވާ ވިޕްލައިނާ އެއްގޮތަށް ވޯޓު ދިނުން ލާޒިމްކަމަށް ބުނެފައި ވެއެވެ. އަދި ލީޑަރޝިޕަށް ގަބޫލުކުރެވޭފަދަ ސީރިއަސް ހާލަތެއް މެދުވެރިވެގެން ކުރިން ހުއްދައަށް އެދުމަކާ ނުާ ތުރީ ލައިން ވިޕަށް އަމަލު ކުރުމަށް މަޖިލިހަށް ހަޒިރު ނުވުމާއި ވޯޓުގައި ބައިވެރި ނުވުމަކީ ކުށެއް ކަމުގައިވެސް މި ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.
އެހެންކަމުން ވިޕްލައިނާއި ޚިލާފް ނުވުމަށާއި، ޕާލަމެންޓްރީ ގުރޫޕުން ނެރޭ ވިޕް ލައިނާއި އެއްގޮތަށް ވޯޓު ދިނުމަށް ޕާލަމެންޓްރީ ގުރޫޕުގެ ހިންގާ ގަވާއިދުގެ 41ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތީން ތިޔަ އިއްޒަތްތެރި މެމްބަރަށް ނަސޭހަތްތެރި ވަމެވެ.
އަލީ އާޒިމަށް ފިވަޅު އެޅުމަށް ފޮނުއްވި ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.
މި ސިޓީ ލިބުނުކަން ހާމަކޮށް އަލީ އާޒިމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ސިޓީ މިއަދު ލިބުނު ނަމަވެސް 16 ނޮވެމްބަރުގައި ސޮއިކޮށް، ފިޔަވަޅު އެޅި ސިޓީ ބަރަވެލި ސްޕީޑުގައި މިއަދު ލިބިފައިވާ ކަމުގައެވެ.
މި ސަރުކާރުން، ޓެކްސް ބޮޑުކުރުމަށް ފާސްކުރި ބިލަށް އަލީ އާޒިމްގެ އިތުރުން އެމްޑީޕީގެ ނަޝީދު ފެކްޝަނަށް ނިސްބަތްވާ އެހެން މެބަރުންވެސް ވޯޓު ދެއްވާފައެއް ނުވެއެވެ. އެހެންނަމަވެސް އެމެމްބަރުންނާއި މެދު ފިޔަވަޅު އެޅިކަމެއް އަދި އެނގިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ