ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހިޔާ ސަރަހައްދުގައި ކުޑަ ކުދިންނަށް ޙާއްސަ ޕާކްއެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ގެންދާކަމަށް އެޗްޑީސީން ބުނެފިއެވެ. އެޗްޑީސީން ހާމަ ކޮށްފައިވާ ގޮތުގައި، މި ޕާކުގައި ކުޑަ ކުދިން ކުޅޭނެ ގިނަ އާ ސާމާނުތައް ބެހެއްޓި، އާ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން، ހިޔާ ޓަވަރުތަކުގެ މެދުގައި ހުންނަ ހުސް ޖާގަތައް އެދެވޭ ގޮތެއްގައި ބޭނުން ކުރުމަށް ޓަވަރުތަކުގައި ދިރިއުޅޭ އާއިލާތަކާއި ގުޅިގެން ޕޮކެޓް ޕާކްތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ދާކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.
މިގޮތުން، މި ސަރަހައްދުތަކުގައި ގަސް އިންދާ އަދި، އާއްމުންނަށް ބޭނުން ހިފޭނެ ގިނަ ކަންތައްތަކެއް ހިމަނާފައި ވުމުގެ އިތުރުން އެޗްޑިސީން ބުނެފައިވަނީ އެކުންފުނިން ނިންމާފައިވަނީ މި ޕޮކެޓް ޕާކްތައް ސީދާ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީ ކުރުމުގެ މަގު ފަހި ކޮށްދިނުމަށް ކަމަށެވެ.
One Response
އަހަރެއްވަނީ ޕާކެއް ހަދަން އުޅޭތާ. ވަށައިގެން ޖެހި ފެންސް ތިންހަތަރު ބުރަށް އައުކޮށްފި. ދޭތެރެއަކުން ހައިމާކެއްގެނެސް ކޮނެލާނެ. ކޮންކްރީޓް ސްރަކްޗަރއެއް ހަދާލަފާނެ. އިބިލީހުގެ ކައިވެއްޔަށްދަނީ.