ބޮލީވުޑްއަށް އައު މޫނުތަށް ތައާރަފް ވަމުން އަންނަ އިރުގައި ސްޓާ ކިޑުން އަންނަނީ މިދާއިރާއަށް ނިކުންނަމުންނެވެ.
އެގޮތުން ބޮލިވުޑްގެ ނުފޫޒު ގަދަ އާއިލާއއަކުން ބޮލިވުޑްއަށް ތައާރަފް ވުމަށް ތައްޔާރު ވަމުން އަންނަނީ ކަރީނާ ކަޕޫރު ހާން ގެ ދޮންދަރި އިބްރަހިމް އަލީ ހާންއެވެ. އޭނާ ބޮލީވުޑް އަށް ތައާރަފްވާ ފިލްމް ގެ ޝޫޓިން އަންނަ މާޗް މަހުގައި ފަށާނެ ކަމަށް ހަބަރުތަށް ބުނެއެވެ.
އިބްރަހިމް އަކީ އެކްޓަރު ސައިފް އަލީ ހާން އާއި ކުރީގެ ބަތަލާ އަމްރިތާ ސިންގް ގެ ހަގު ދަރިފުޅެވެ. އެމީހުން ދޮށީ ދަރިފުޅު ސާރާ އަލި ހާން އަކީ މިހާރު ބޮލީވޫޑްގައި ނަން މަޝްހޫރު ތަރިއެކެވެ.
މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ކެޔޯޒް އިރާނީ ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. ކަރަންގެ 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" ގެ ސަޕޯޓީން ރޯލެއް ވެސް ކުޅުނު ކެޔޯޒަކީ މަޝްހޫރު އެކްޓަރު ބޮމަން އިރާނީގެ ދަރިއެކެވެ.
21 އަހަރުގެ އިބްރަހިމް ގެ ފިލްމް ގެ ޝޫޓިން ފަށާއިރުގައި އަދި ރަސްމީކޮން އެ ފިލްމް އިއުލާންނެއް ނުކުރެއެވެ. އަދި ފިލްމް އަށް ކިޔާ ނަންވެސް ވަނީ ސިއްރުކޮށްފައިއެވެ.
އިބްރާހިމްގެ އަލަތު ފިލްމުގެ ކާސްޓްގައި ކާޖޮލް އާއި މަދުމަދުން ހިންދީ ފިލްމުތަކުގައި މަސައްކަތްކުރަމުން އަންނަ މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަން ވެސް ފެނިގެންދާނެ ކަމަށް ވެއެވެ.
ސްޓާ ކިޑުން ކަމުގައިވާ ޝާހުރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން އާއި ކުރީގެ ބަތަލާ މަރުހޫމާ ސްރީ ދޭވީގެ ހަގު އަންހެން ދަރިފުޅު ހުޝީ ކަޕޫރު އަދި އަމިތާބްގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާ ވަނީ އަލަތު ފިލްމްގެ މަސައްކަތް ނިންމާފައިއެވެ. އެއް ފިލްމް އަކުން މި ތިން ސްޓާކިޑުން ބޮލީވުޑްއަށް އަށް ފުއްމާލާ އިރުގައި އެފިލްމް އަކީ ޑައިރެކްޓަރު ޒޯޔާ އަހްތަރުގެ "ދަ އާޗީ"އެވެ.