ރައީސް ނަޝީދާއެކު ކަނޑަށް އެރެންވެސް ތައްޔާރު: ތިމަރަފުށީ މުސްޠަފާ

ރައީސް ނަޝީދާއެކު ކަނޑަށް އެރެންވެސް ތައްޔާރު: ތިމަރަފުށީ މުސްޠަފާ

Author
ޢަލީ އާދަމް
29 ޖެނުއަރީ 2023 05:52
0

ރައީސް ނަޝީދު ނިންމަވާ ކޮންމެ ނިންމެވުމެއް ބަލައިގަންނާނެކަމަށާ، އެމަނިކުފާނު ކަނޑަން އެރިވަޑައިގަތަސް ފަހަތުން ކަނޑަން އެރޭ ފުރަތަމަ ބައިގެ މީހުންތެރޭގައި ވުމަކީ ޢަޒުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ތާޢީދުކޮށް ޢާންމުކޮށް ވާހަކަދައްކަވާ މުސްޠަފާއަކީ ފަހަކަށް އައިސް ވަރަށްބޮޑަށް ސަރުކާރަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައިވެސް މުސްޠަފާ ތާޢީދުކުރެއްވީ ރައީސް ނަޝީދަށެވެ.

އިއްޔެ ބޭއްވި، ވެރިކަންކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ރައީސް ޞާލިޙެވެ. މިއާއެކު ނަޝީދުގެ ހައްދަވާގޮތެއް އަދި ސާފެއްނޫނެވެ. އެހެންނަމަވެސް ނަޝީދު ސަރުކާރާ ދެކޮޅަށް ނުކުންނަވާނެކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. ނަޝީދުގެ ފެކްޝަނުން ތުހުމަތުކުރާ ގޮތުގައި ޕްރައިމެރީވަނީ އޮޅުވާލާފައެވެ. އަދި ޕްރައިމެރީގައި ވޯޓުލެވޭ މީހުންގެ ލިސްޓުން ގިނަޢަދަދެއްގެ ބަޔަކު ވަނީ އުނިކޮށްފައެވެ. އެހެންކަމުން ނިމިދިޔަ ޕްރައިމެރީގެ ނަތީޖާ ނަޝީދުގެ ކެމްޕެއިންނުން އަދި ޤަބޫލެއް ނުކުރެއެވެ. އެހެންނަމަވެސް ރަސްމީކޮށް އަދި މިކަމުގައި ވަކި އެއްޗެއް ހާމައެއްވެސް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލޯރަތްބެ
ތިމުސްތަފާގެ އިނގިލިވެސް ބަޅު. ބޯގަވާފަ ހުންނަ ބީތާއެއް
ރ ރިޔާޒު
ކަނޑަށް އެރިފަ ގިރިއަކަށް އަރުވާލަންވެސް ތައްޔާރު ދޯ!!!!
ޒ ޒަވިޔަނި
މުސްތޮފާ އެކަނިކަޑުވޭ ދާނެމީހަކުނެތް!