އަނިޔާ ނުލިބޭ މުޖުތަމަޢުއެއް އަންހެނުންނަށް ކަށަވަރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި

އަނިޔާ ނުލިބޭ މުޖުތަމަޢުއެއް އަންހެނުންނަށް ކަށަވަރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
25 ނޮވެމްބަރ 2020 03:10
0

އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވައި އަނިޔާތައް ނުލިބޭ މުޖުތަމަޢުއެއް ކަށަވަރުކޮދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

އަންހެނުން ކުދިންނަށާއި، އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މުނާޞަބަތުގައި ހިންގުމަށް ނިންމާފައިވާ 16 ދުވަހުގެ ކެމްޕޭން ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންނަށް އިހްތިރާމާއި އެކު އަނިޔާ ނުލިބޭނެ މުޖުތަމަޢުއެއް ހޯދައިދިނުމަށް ކުރާ މަސައްކަތް އިތުރުކުރުމަށް ގޮވާލައްވާފައެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ މަހުގެ 25 ވަނަ ދުވަސް ފާހަގަކުރަނީ އަންހެނުންނަށާއި، އަންހެންކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައެވެ. އަދި މި ދުވަހާ ގުޅުވައިގެން "އޮރެންޖް ދަ ވޯލްޑް" މި ތީމުގެ ދަށުން އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެގޮތުން، 16 ދުވަހުގެ ޚާއްސަ ކެމްޕޭނެއް ކުރިއަށްގެންދެއެވެ.

މިއަހަރުގެ ކެމްޕޭންގެ ޝިއާރެއްގެގޮތުގައި ކަނޑައަޅާފައިވަނީ "އޮރެންޖް ދަ ވޯލްޑް : ފަންޑު، ރެސްޕޯންޑް، ޕްރިވެންޓް، ކަލެކްޓް"އެވެ. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރގައި ގެވެށި އަނިޔާގެ 179 މައްސަލަ ހުށައަޅާފައިވެއެވެ. އަދި މިއަހަރުގެ ތެރޭގައި ގެވެށި އަނިޔާ 242 މީހަކަށް ލިބިފައިވާކަމަށް އެ އޮތޯރިޓީން ހާމަކުރައްވައެވެ. މީގެތެރޭގައި 182 އަންހެނުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.