މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން، މާލެގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ހިންގާ "ބިންވެރިޔާ ސްކީމް"ގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕްލޮޓްތައް ކްލިއާކޮށް، ގޯތި ކަނޑައެޅުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް މިއަދު ހައުސިންގް މިނިސްޓްރީއާއިއެކު ވަނީ މަސައްކަތް ކުރެވިފައެވެ.
އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލެގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަށް ސާފުކުރުމުގެ މަސައްކަތް މިއަދު އެޗްޑީސީއާއި ހައުސިންގ މިނިސްޓްރީން ކުރިއަށް ގެންގޮސްފައި ވާކަމުގައެވެ.
އެޗްޑީސީން އިތުރަށް ހާމަ ކޮށްފައިވާ ގޮތުގައި، ޕްލޭނިންގ މިނިސްޓްރީއާއިއެކު ކުރެވެމުންމުދާ މަސައްކަތުގައި ހުޅުމާލެ ފޭސް 2 ގެ އެކި ސަރަހައްދުތައް ހިމެނޭހެން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް ޕްލޭނުގައި ހިމަނާފައިވާކަމުގައެވެ.
އަދި މި ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ނަންތައް މި އަންނަ މާރޗު މަހު އާންމުކޮށް އިއުލާންކުރާގޮތަށްވެސް ހައުސިންގ މިނިސްޓްރީން ނިންމާފައިވާ ކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ.
އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި ސަރަހައްދުގައި މިހާރު ކުރެވެމުންދާ މަސައްކަތަކީ، ބިން ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތެވެ. އަދި މިހާރު ކުރިޔަށް ދަނީ ގޯތި ދިނުމަށްވާ އެންމެ ފަހުގެ ތައްޔާރީތަކުގެ މަސައްކަތްތައް ކަމަށްވެސް އެޗްޑީސީން ހާމަކޮށްފައި ވެއެވެ. އޭގެ ތެރޭގައި، މި ސަރަހައްދުގައި ޔުޓިލިޓީގެ ހިދުމަތް ޤާއިމުކުރުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރެވެމުންނެވެ.
ކޮމެންޓު ފޮނުވާ