ރައްޔިތުން ދަންވަރު 12ގެ ފަހުން ކުރަން ދަންނަނީ އެންމެ ކަމެއް، ގޯތި ދޫކުރުން އޭގެ ތެރެއަކު ނުހިމެނޭ: ނަޝީދު

ރައްޔިތުން ދަންވަރު 12ގެ ފަހުން ކުރަން ދަންނަނީ އެންމެ ކަމެއް، ގޯތި ދޫކުރުން އޭގެ ތެރެއަކު ނުހިމެނޭ: ނަޝީދު

Author
ހުސެއިން
25 ޖެނުއަރީ 2023 02:19
0

ދިވެހި ރައްޔިތުން 12ގެ ފަހުން ކުރަން ދަންނަނީ އެންމެ ކަމެއް ކަމަށާއި، ގޯތި ދޫކުރުމަކީ އޭގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި އައްޑު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ފޭދޫއަށް ވަޑައިގެން، އެރަށުގެ އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ކޮންމެ އިންތިޚާބެއްގައިވެސް ގޯތިތައް ދެވެމުން ދާ ކަމަށާއި، ކޮންމެ އިންތިޚާބެއްގައިވެސް ދަންވަރު ގަޑީގައި ގޯތި ދޭނެކަމަށް ބުނަމުން ދިޔަނަމަވެސް ގޯތިތައްވެސް ހުރީ ކަނޑު އަޑީގައި ކަމުގައެވެ.

މިތަނުގައި ނެތް ލިޔަން ކިޔަން ނޭގޭ އެއްވެސް މީހެއް. އަދި ގްރޭޑް 10އަކާއި ހަމައަށް ނުކިޔަވާ ހުރުމަކީ ގާނޫނީގޮތުން މަނާކަމެއް. މިހެން އޮތް ރައްޔިތެއްގެ ކުރިމަތީގައި ރޭގަޑު ދަންވަރު 12 ޖަހާއިރު އިރުގަ، އެމީހުން 12ގެ ފަހުން ކުރަން ދަންނަނީ އެންމެ ކަމެއް. ގޯތި ދޫކުރުމުގެ މަސައްކަތް އެއީ އޭގެ ތެރޭގައި ހިމެނޭ ކަމެއް ނޫން.

އައްޑޫ ސިޓީގެ 3 އަވަށަކުން 500 ގޯތި ދޫކުރުމަށް ރޭގަޑު ދަންވަރު އައްޑޫ ސިޓީ ކައުންސިލުން އިއުލާން ކުރި ކުރުމަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ނަޝީދު ވިދާޅުވީ ހުރިހާ ސިޔާސީ ލީޑަރުންނަށްވެސް ދަވަންނަވަން ބޭނުންވަނީ ރާއްޖެއަކީ ގްރޭޑް 10 އާއި ހަމައަށް ތައުލީމު ހާސިލްކުރުން ލާޒިމް ގައުމެއް ކަމަށާއި، އެބީދައިން ރައްޔިތުންނާއި މެދެ ދުށުމަކީ ނިމަކެތި ކަމެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ ދަންވަރު 12ގެ ފަހުން ދިވެހިން ކުރާން ދަންނަނީ އެންމެ ކަމެއް ކަމަށާއި ދަންވަރު ގޯތި ދޫކުރުމަކީ އޭގެ ތެރޭގައި ހިމެނޭ ކަމެއް ނޫކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މި އެއްވުމުގައި ނަޝީދު ވިދާޅުވީ ރާއްޖެ ބަދަލުކުރުމުގެ އެންމެ ބޮޑެތި ހިއްސާ ދާރުންނަކީ ފޭދޫގެވެސް އަދި އައްޑޫގެވެސް ރައްޔިތުން ކަމުގައެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ނަޝީދު މިހާރު ދަތުރު ކުރައްވަމުން ގެންދަވަނީ އައްޑޫ އަތޮޅުގެ ރަށްތަކަށެވެ. އެއަށްފަހު ނަޝީދު ފުވައްމުލަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިރީގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބަނާނާ
ހަޔާތް ގޮވުން ނޫން ކަމެއް މިކަލޭގެ އަކަށް ނޭނގޭނެ.......މީނާއަށް ވޯޓްދޭ މީހުންވެސް ތިބެނީ ގަހުގަވިއްޔާ.
މ މެންދަން
އެއީ ކޮންކަމެއްތޯ؟