އއ. ތޮއްޑޫގެ ކައުންސިލާއެކު އޯޕަން އެކްސްސް ވިއުގަ ފަދަ ސްމާޓް އިންފްރާސްޓްރަކްޗަރ އަދި ސްމާޓް ސޮލިއުޝަންތައް ތައާރަފު ކުރުމާގުޅޭ މަޝްވަރާތައް ކުރެވި، ސްމާޓް ސިޓީ ސޮލިއުޝަންތައް އެރަށަށް ތައާރަފް ކުރުމަށް، އެޗްޑީސީއާއި އެރަށު ކައުންސިލާދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެޗްޑީސީން ހާމަ ކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާނެ ކަންކަމުގެ ތެރޭގައި، އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް އެ ވިއުގަ މެދުވެރިކޮށް ސްމާޓް ފާމިން، ސްމާޓް ސަވައިލެންސް، ސްމާޓް ޕޯލް ފަދަ ސޮލިއުށަންތައް ތޮއްޑޫގައި ތައާރަފު ކުރުން ހިމެނެއެވެ.
އެޗްޑީސީން މައުލުމާތު ދީފައިވާ ގޮތުގައި ޒަމާނީ ޓެކްނޮލޮޖީއާއެކު ތައާރަފުވި ތަފާތު ސްމާޓް ސިޓީ ސޮލިއުޝަން ތަކާއެކު ހުޅުމާލެވެސް ސްމާޓް ސިޓީއަކަށް ހެދުމަށް އެޗް.ޑީސީން މަސަކަތްފަށާ ހަލުވިކަމާއެކު ކުރިޔަށްދާތާ މިހާރު މިވަނީ އަހަރަކަށްވުރެން ގިނަދުވަސް ވެފައެވެ. މިގޮތުން ކާމިޔާބު ކަމާ އެކު ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރއެއްގެ މައިގަނޑު އަސާސް ކަމަށްވާ އޯޕަން އެކްސެސް ނެޓްވޯކެއްގާއިމުކޮށް ސްމާޓް ސިޓީއެއްގެ ވަރުގަދަ ބިންގަލެއް މިހާރު ހުޅުމާލޭގައި އަޅާފައިވާކަމަށް އެކުންފުނިން ބުނެފައި ވެއެވެ.
އަދި މި މަސައްކަތަށް ހާއްސަ ސްމާޓްކޮމް ކިޔާ ބްރޭންޑެއް އުފައްދާ، ސްމާޓް ޕޯލް، ސްމާޓް ބެންޗް، ޕަބްލިކް ވައިފައި ފަދަ އެތައް ސްމާޓް ސޮލިއުޝަންތަކެއް ދަނީ ތައާރަފު ކުރެވެމުންނެވެ. މި ކަންކަމުގައި އެޗް.ޑީ.ސީގެ ތަސައްވުރަކީ ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަކަށް ހެދުމުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް ޓެކްނޮލޮޖީގެ އެއްމެ ކުރީ ސަފުގައި އެންމެންވެސް ބައިވެރި ކުރުމެވެ. އަދި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް ދިވެހިންގެ ދިރިއުޅުން ލުއިފަސޭހަ ކޮށްދިނުމެވެ.
އެޗްޑީސީން ހާމަ ކޮށްފައި ވެއެވެ.
އެޗްޑީސީން ބުނެފައިވަނީ، އެކުންފުނިން ގަބޫލު ކުރަނީ، ކުދި ޖަޒީރާ ރަށްތަކެއްހެން ދިވެހިރާއްޖެ އޮތް ކަމުގައި ވިޔަސް، ސްމާޓް ސިޓީ ސޮލިއުޝަންތަކަކީ ހަމަ އެކަނި އާބާދީ ބޮޑު ސިޓީތަކަށް ހާއްސަ އެއްޗެއް ނޫން ކަމުގައެވެ. އަދި ކުދި ރަށްތަކުގައިވެސް ޓެކްނޮލޮޖީގެ ޒަރީއާއިން ތަފާތު ސްމާޓް ޚިދުމަތްތައް ތައާރަފުކޮށް ރަށްފުށުގެ ރައްޔިތުންގެ ދިރިއުޅުންވެސް އުޖާލާ ކުރެވިދާނެ ކަމަށް އެ ކޯޕަރޭޝަނުން ސާބިތުކޮށްދޭން ބޭނުންވާކަމަށްވެސް ބުނެފައި ވެއެވެ.