ޑިޕްރެޝަންގެ ޝިކާރައަކަށްވެ ފުރާނަ އަށް ނުރައްކާވާ ހިސާބަށް ގޮސް މަރު ނުވީ ކިރިއާ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ބުނެފިއެވެ.
2019 ވަނަ އަހަރުގެ ފިލްމް "ވޯރ" ކުޅުނު ދުވަސްވަރަކީ ނަފްސާނީ މައްސަލަތަށް އެންމެ ބޮޑު ވި ދުވަސްވަރު ކަމަށާއި ފިލްމް ގެ ޝޫޓިންގް ނިމި ފިލްމު ރިލީޒްކުރިއިރު އޭނާ ހުރީ ޑިޕްރެޝަންގެ ފުން އަނދިރި ވަޅުގަނޑެއްގައި ހަދާނެގޮތް ހުސްވެފައި ކަމަށް ފިޓްނަސް ޓްރެއިނާއެއް ކަމަށްވާ ކްރިސް ގެތިންގެ ޕޮޑްކާސްޓަށް ދިން އިންޓަވިއު ރިތިކް ވަނީ ބުނެފައިއެވެ.
"ވޯރ" އަކީ ބެލުންތރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިއަ ފިލްމްއެކެވެ. ފިލްމްގައި ރިތިކް ގެ އިތުރުން ޓައިގާ ޝްރޮފް އަދި ވާނީ ކަޕޫރު ވަނި ފެނިގެން ގޮސްފައިއެވެ. މި ފިލްމް އަކީ ހުނަރުވެރި ޑައިރެކްތަރު ސިދާތު އާނަންދު ޑައިރެކްޓް ކުރި ފިލްމްއެކެވެ.
ރިތިކް ބުނި ގޮތުގައި "ވޯރ"ގެ ޝޫޓީންގް ފެށުމުން އޭނާއަށް މި މައްސަލަ ދިމާވީ އެއީ ވަރަށް ބުރަ އަދި ގޮންޖެހުން ބޮޑު ފިލްމަކަށް ވެފައި އެ ފިލްމަށް އޭނާއަށް ރަނގަޅަށް ތައްޔާރު ނުވެވޭކަމުގެ އިހްސާސްތައް ކުރެވިގެންނެވެ. ވަރުގަދަ ހަށިގަނޑަކާއި އެކުގައި ފިލްމް އިން އޭނާ ފެނިގެންދިއައ އިރުގައި ފިލްމްއަށް ތައްޔާރު ވުމަށް ނަފްސު ތައްޔާރު ނުކުރެވުން ކަމަށް އޭނާ ވަނީ ބުނެފައިއެވެ. އަދި ހަށިގަނޑު ލޮޑުވެ، ވަރުބަލިވެ އެއްވެސް ތަމްރީނެއް ހަދަން ވެސް އޭނާ ނުކުޅެދުނެވެ. އެއާއި އެކުގައި އެއްވެސް ކަމެއް ރަނގަޅަށް ނުދާކަމުގެ އިހުސާސް ކުރވުން ކަމަށާއި، މިހާ ޑީޕްރެޝަން އަށް އެހާ ބޮޑަށް ދިއަ ސަބަބަކީ އެއީ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
އަދި ހަމަ އެއާއި އެކުގައި މި ކަންތަށް ގަނޑުން އަރައި ގަތުމަށް ވަރަށް މަސައްކަތް ކުރި ކަމަށާއި އެއީ ވަރަށް ވޭން ދެނިވި ދުވަސްތަކެއް ކަމަށް އޭނާ ވަނި ބުނެފައިއެވެ. އަދި އެއީ ބުރަ މަސައްކަތެއް ކަމަށާއި ޑިޕްރެޝަން އިން އަރައިގަތެވުމުން ހީވަނީ އެހެން ދުނިޔެއަކަށް ނޭވާ ލެވުންފަދަ ކަމެއް ހެން ކަމަށްވެސް ރިތިކް ވަނީ ބުނެފައިއެވެ.
ބޮލީވުޑްގެ މިހާރު ވަރަށް ބޮޑު ބަލިމަޑުކަމެއްގެ ގޮތުގައި ފާހަގަކުރެވޭ ޑިޕްރެޝަންގެ ޝިކާރައަކަށް އެތަށް ތަރިންނެއް ވަނީ ކުރިމަތިލާފައިއެވެ. އެގޮތުން ރިތިކް މިހާރު ކުޅެމުން އަންނަ ފިލްމް "ފައިޓާ" ގެ ބަތަލާ ދީޕިކާ ޕަދުކޯން ވެސް ވަނީ އޭނާ އަށް ކުރިމަތިވި ޑިޕްރެޝަންގެ މައްސަލަ ތަކުގެ ވާހަކަ ދައްކަިއފައިއެވެ. އަދި ހަމަ އެހެންމެ މިފަދަ މީހުންނަށް އެހީ ވުމަށް އޭނާ ވަނީ ފައުންޑޭޝަންއެއް އެއްވެސް ހުޅުވައިފައިއެވެ.